އިންޑިއާގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު އަމިއްލަ ގަޔަށް ބަޑި ޖަހައިގެން މަރުވުމުގެ ކުރިން ލިޔުނު 18 ޕޭޖްގެ ނޯޓެއްގައި ހުރި ވާހަކަތައް ބަލާފައި، އާއިލާ އާއި ރަހުމަތްތެރިންގެ އިތުރުން، ފުލުހުންނަށްވެސް ބޮޑު ހައިރާން ކަމެއް ލިބިއްޖެއެވެ.

އެ ކުއްޖާ މަރުވެފައި ވަނީ އިންޑިއާގެ މިނިވަން ދުވަސް ގޮތުގައި ފާހަގަކުރާ އޮގަސްޓް 15 ވަނަ ދުވަހުއެވެ.

އޭނާގެ ސޫސައިޑް ނޯޓް އެޑްރެސްކޮށްފައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އަށެވެ. އެ ކުއްޖާ ވަނީ ގައުމުގައި ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކަށް އަލި އަޅުވާލާފައެވެ. އޭގެ ތެރޭގައި ޕޮލިއުޝަން އާއި ކޮރަަޕްޝަން ގަސް ކެނޑުން ހިމެނެއެެވެ.

އެ ކުއްޖާ ލިޔުނު އެ ސިޓީ ފެނިފައި ވަނީ އިއްޔެ އެވެ. އޭގައި ބުނެފައި ވާގޮތުން، އެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަން މޯދީ އާއި ބައްދަލު ކުރަން އަބަދުވެސް އޭނާ ބޭނުން ވާ ކަމަށެވެ.

އޭނާ ވަނީ، އާބާދީ މަދު ކުރުން މަސައްްކަތް ކުރުމަށާއި، ދިވާލީ ގައި ފަޓާސް ބޭނުން ކުރުން ހުއްޓާލުމަށް އެންގުމާއި، ހޮލީގައި ކެމިކަލް އަޅާފައި ހުންނަ ކުލަ ބޭނުން ކުރުން ހުއްޓާލުމަށް ލިޔެފައި ވެއެވެ.

އަދި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުންެވެސް ވާހަކަދައްކާފައި ވެއެވެ.

"އަހަރެން ބޭނުމެއް ނޫން، ދަރިން، އެ މީހުންގެ މައިންބަފައިން އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަނަކާއި ހަވާލުކޮށްގެން ބަލާ ތަނެއްގައި ދިރިއުޅޭކަށް". އޭނާގެ ސިޓީގައި ވެއެވެ.

އޭނާގެ މައިންބަފައިން ބުނެފައި ވަނީ، ދަރިފުޅުގެ އެންމެ ފަހު އެދުމަކީވެސް އެ ސިޓީ މޯދީ އާއި ހަމައަށް ގެންދިއުން ކަމަށެވެ. އަދި އެކަންތައް ވެގެން ދިއުމަކީވެސް އެއް ކަންތައް ކަމަށް ބުނެފައި ވެއެވެ.

އެ ކުއްޖާއަކީ ބަރްބަލާއަށް ނިސްބަތްވާ ޕްރައިވެޓް ސްކޫލެއްގައި ތައުލީމް ހާސިލް ކުރަމުންދިޔަ ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު