ބޮލީވުޑްގެ ބަތަލް ސަލްމާން ޚާންއަށް ޓާގެޓް ކޮށްގެން އޭނާ މަރާލުމަށް ތައްޔާރުވަމުންދިޔަ ގޭންގެއްގެ މީހަކު ހައްޔަރުކޮށްފިއެވެ.

ޒޫމް އިން ރިޕޯޓްކޮށްފައިވާގޮތުން، ފަރިދްއާބާދްގެ ފުލުހުން ހައްުޔަރުކުރި އެ މީހާއަކީ "އަމާޒަށް ބަޑި ޖަހަން" ކުޅަދާނަ މީހެކެވެ. އެ މީހާއަކީ ލަވްރެންސް ބިޝްނޯއީ ގޭންގަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެހެން މީހެއްގެ މަރުގެ މައްސަލައެއްގައެވެ.

ޖޫން މަހު މަރާލި މީހެއްގެ މައްސަލައެއްގައި ހައްޔަރުކުރި އެ މީހާ ދެން ޓާގެޓްކޮށްގެން ހުރީ ސަލްމާން ޚާން މާރާލަން ކަމަށް ފުލުހުންނަށް އޭނާ ދިން މައުލޫމާތުތަކުގައި ބުނެފައި ވެއެވެ. އޭނާ ބުނެފައިވާގޮތުން، އެކަމަށް އޭނާ ވަނީ ތައްޔާރުވެފައެވެ.

އޭނާ މުމްބާއީއަށް އައިސްފައި ވަނީ ޖެނުއަރީ މަސް ތެރޭގައިއެވެ. އަދި އޭނާ މުމްބާއީގައި މަޑުވެސް ކޮށްފައި ވެއެވެ.

އެ ރިޕޯޓްތައް ބުނާގޮތުގައި، ސަމްޕަތް ނެހްރާ ނަމަކަށް ކިޔާ ގޭންގް މީހަކުވެސް ސަލްމާން މަރާލުމަށް ތައްޔާރުވަމުން ދިޔައެވެ. އެހެން ނަމަވެސް އޭނާ ވަނީ 2018 ވަނަ އަހަރުގެ ޖޫން މަސް ތެރޭގައި ހައްޔަރުކޮށްފައެވެ.

ކޮވިޑް-19ގެ މި ދުވަސްވަރު ސަލްމާން ޚާން ހުރީ ގޭގައެވެ. އޭނާ ގޭގައި ހަތަރު މަސް ދުވަސް މިހާރު ހޭދަކޮށްފައިވާއިރު، މިހާރު އޭނާ ދަނީ އޭނާގެ މަޝްހޫރު ޝޯވގެ ޝޫޓިންގތައް ކުރިއަށް ގެންދަމުންނެވެ.

ސަލްމާން އެންމެ އަަވަހަށް ދެން ފެނިގެން ދާނީ ރާދޭ: ޔޫރާ މޯސްޓް ވޯންޓެޑް ބާއީންނެވެ. އަދި މީގެ އިތުރުން ކިކް2 އަދި ކަބީ އީދު ކަބީ ދިވާލީގެ މަސައްކަތް ފެށުމަށް އޭނާ ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަރީ

    އެމީހާ ދޫކޮއްލަން ފެނޭ

    16
    27
  2. ޝާނީ

    މިއޮއްފަދަ ބަލިގަނޑުތެރޭވެސް ގޭގަބަންދުވެގެން އޮންނަންއެންގީމަ މި އެއްޗަކު މިދުވަނީ ސަލްމާން މަރަން

    24
    1
  3. ޜިމާން

    އަލްހަ މްދުލިއްލާހި ﷲ ރައްކާތެރި ކޮއްދެއްވީތީ?

    28
    2