ބޭނުންވާ ތަކެތި:

2 ޖޯޑު ސްޓްރޯބެރީ (ޗިސް ކޮށްފައި)

3 ޖޯޑު މާޝްމެލޯ

1 ކޭކު ފުށް ޕެކެޓު (ސްޓްރޯބެރީ ނުވަތަ ވެނީލާ)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ 175 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރާށެވެ. އަވަން ހޫނުވުމަށް ނަގާ ވަގުތުގައި، އަވަން ތަށީގައި ޗަސްކޮށްފައިވާ ސްޓްރޯބެރީތައް އަތުރާލާށެވެ. އަދި، އޭގެ މަތީގައި މާޝްމެލޯތައް އަތުރާލާށެވެ. ދެން، ފުށް ޕެކެޓުގެ ފޮށީގައި ބަޔާންކޮށްފައިވާ ގޮތަށް ފުށް ޕެކެޓު ގިރުމަށްފަހު، މާޝްމެލޯތަކުގެ މައްޗަށް އަޅާށެވެ. އޭގެފަހުން، އަވަނަށް ލުމަށްފަހު 40 ނުވަތަ 50 މިނެޓު ވަންދެން ރަނގަޅަށް ފިހާށެވެ. ފިހުމަށްފަހު، މި ބާވަތް ކެއުމަށް އެންމެ ރަނގަޅުވާނީ ކޮންމެވެސް ވަރަކަށް ފިނި ކޮށްލައިގެންނެވެ.