ކޮރޯނާ ވައިރަސްގެ ސަބަބުން އިންޑިއާގެ ތިއޭޓަރތައް މި އަހަރުގެ މާރޗު މަހުން ފެށިގެން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ތިއޭޓަރުތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ފައިސާގެ ގޮތުން ގެއްލުންވެފައިވެއެވެ. ތިއޭޓާރތައް ބަންދުވުމާއި އެކު ފިލުމުތައް ދައްކަމުން ދަނީ އޯޓީޓީ ޕްލެޓްފޯމްގައެވެ.

އިންޑިއާގެ ފިލްމީ ތަރި ނަވާޒުއްދީން ސިއްދީގް ގަބޫލު ކުރާ ގޮތުގައި އޯޓީޓީ ޕްލެޓްފޯމަކީ ކޮންޓެންޓް އާޓިސްޓުންނަށް ވެސް ވަރަށް ރަނގަޅު ފުރުސަތެކެވެ. އަދި މިއީ ކުދި ފިލްމުތައް ހަދާ ފަރާތްތަކަށް ވެސް ރަނުގެ ފުރުސަތެއްކަމަށް ނަވާޒުއްދީން ގަބޫލުކުރެއެވެ.

ކުދިކުދި ފިލްމު ހަދާ ފަރާތްތަކަށް އެހީއެއްގެ އިތުރުން އޯޓީޓީ ޕްލެޓްފޯމަކީ މި ފުރަބަންދުގައި ގޭގައި ތިބެގެން ވެސް ފިލުތައް ބަލައިލުމުގެ ފުރުސަތު އޮތް ގޮތެކެވެ. މި ފުރަބަންދުގައި ގޭގައި ތިބެގެން ނަވާޒުއްދީންގެ ފިލުމުތައް އެތައް ބަޔަކު ބަލައިފިކަމަށާއި އަދި ޚުދު އޭނާ ވެސް އެތައް ފިލްމެއް ބެލިކަމަށް ބުނެފައިވެއެވެ.

ވިލަން ރޯލުތަކާއި ކޮމެޓީ ރޯލުތަކުން މަޝްހޫރުކަން ހޯދައިފައިވާަ ނަވާޒުއްދީން ބުނެފައިވަނީ ތިއޭޓަރުތަކަކީ ސުޕަސްޓާރުންގެ ނުވަތަ ފައިސާވެރިންގެ ތަނެއް ކަމަށެވެ. އެއީ އެމީހުން އެކަނި ތަނެއް ކަމަށާއި، ނަމަވެސް އޯޓީޓީ ޕްލެޓް ފޯމަކީ ކުޑަ ބަޖެޓަކުން ތައްޔާރު ކުރާ ފިލުމުތަކަށް ވެސް ޖާގަ އޮތް ތަނެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

އޯޓީޓީ ޕްލެޓްފޯމުގައި އެންމެންގެ ވެސް ފިލުމުތައް ދެއްކޭތީ މިހާރު ވަރަށް ގިނަ ހުނަރުވެރިން އެެކްޓަރުންނާއި ޑައިރެކްޓަރުން ވެސް އުޅޭކަން ފާހަގަ ކުރެވޭކަމަށް ވެސް އެކްޓަރ ނަވާޒުއްދީން ބުނެފައިވެއެވެ.

ނަވާޒުއްދީން މި ވަގުތު ހުރީ ދެހެރާދުންގައި އޭނާގެ ބޭބެއާއި ބޭބެގެ ދަރިންނާއި އެކުގައެވެ. ނަވާޒުއްދީންގެ ކުރިއަށް ހުރި ބައެއް ފިލުމުތަކަކީ ބޯލެ ޗޫޅިޔާ، ރޯމް ރޯމް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައްޔާޒު

    ތިއޭޓަރުތަކަކީ ކެނެރީގޭ ބުއްޅަބޭގެ މިލުކިއްޔާތެއް.

    1
    1
  2. ހ

    ނަވާޒުއްދީނަކީ މިވަގުތު ހިންދީ ފިލްމް ކުޅޭ އެންމެ މޮޅު އެކްޓަރު ސްޕަރ ސްޓާރެއް އޭނާ ކުޅޭ ކޮންމެ ރޯލެއް ވެސް އެހާމެ މޮޅު ބަލާ ހިތުން ބަލައި ލެވެނީ މިހާރު އޭނައާއި އެއް ފެންވަރަށް ކުޅެވޭ މީހަކު ނެތް ކުރިން ނާނާ ޕަޓޭކަރ .. ކަމަލާ ހަސަން ، އާމިރު ޚާނު