ހޮވަބޯޑަކީ ވަރަށް ގިނަ މީހުން ވަރަށް ބޮޑަށް ޝައުގުވެރިވި ގެޖެޓެކެވެ. ނަމަވެސް ގޮތްނޭނގޭ ގޮތަކަށް ހޮވަބޯޑްތައް ގޮވަން ފެށުމުން އެއަށް މީހުން ދޭ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ހޮވަބޯޑާއި ގުޅޭ ޚަބަރެއް އާއްމުނުވާތާ ދުވަސްތަކެއް ވީފަހުން މިއަދު އަނެއްކާވެސް މިއޮތީ ހޮވަބޯޑާއި ގުޅޭ ޚަބަރެކެވެ.

އެމެރިކާގެ އަލަސްކާގެ ޑޮކްޓަރަކު ހޮވަބޯޑެއް ދުއްވަމުން ބަލި މީހެއްގެ ދަތް ނެގި މައްސަލަ ފެންމަތިވެ އޭނާގެ މައްޗަށް ދައުވާ އުފުލުހުން މިދިޔަ ހޯމަ ދުވަހު އޭނާގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އޭގެތެރެއިން އަށް އަހަރުގެ ޙުކުމް ސަސްޕެންޑް ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 12 އަހަރުގެ ޙުކުމެވެ.

ސެތު ލުކްހާޓް ނަމަކަށް ކިޔާ ޑެންޓިސްޓް މީހަކުގެ ދަތް ނަގަން ބަލި މީހާ އެނދުމަތީގައި ބާއްވާފައި ހޮވަބޯޑް ދުއްވަމުން ދަތް ނެގުމުގެ މަސައްކަތް ކުރިކަން ބޭޒާރުވީ އެތަނުގައި އިން މީހަކު އެމަންޒަރު ވީޑިއޯކޮށް ވީޑިއޯ އާއްމު ކުރުމުންނެވެ. މިއީ ސިއްހީ ޚިދުމަތްދޭ މީހަކު ބަލި މީހުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި، ފާޅުކަން ބޮޑުގޮތެއްގައި ބަލި މީހަކަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ހިންގި އަމަލެއް ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.

އަލަސްކާ ލޯ ޑިޕާޓްމަންޓުން ބުނީ ލުކްހާޓް އޭނާގެ މެޑިކަލް ސެޓްފިކެޓް ވެސް 10 އަހަރު ދުވަހަށް މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދިހައަހަރު އޭނާ އަށް އެއްވެސް ސިފައެއްގައި ބަލި މީހުންނެއް ނުބެލޭނެއެވެ. ލޯ ޑިޕާޓްމަންޓުން މިހާރު ވަނީ އުމުރު ދުވަހަށް ލުކްހާޓްގެ މެޑިކަލް ސެޓްފިކެޓް ހިފެހެއްޓުމަށް ވަކިން ދައުވާއެއް ކުރަން ނިންމާފައެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ތަބާވާން ޖެހޭ މިންގަނޑުތަކާއި ހިލާފުވުމަކީ އެމެރިކާގައި ވަރަށް ބޮޑެތި އަދަބުތައް ދޭ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބައެ

    ޑިސާރވްޑް އިޓް

    6
    2