އަނިޔާވެރި ގޮތަކަށް މައިންބަފައިން މަރާލި އެމެރިކާ މީހަކު، އޭނާއަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ޙުކުމް، މަރުގެ ޙުކުމަކަށް ބަދަލުކޮށްދިނުމަށް އެދިއްޖެ އެވެ.

އުމުރުން 32 އަހަރުގެ ޖޮއެލް ގާއި ޖޫނިއާ ނަމަކަށްކިޔާ އެ ފިރިހެންމީހާ އަކީ 2016 ވަނަ އަހަރު އޭނާގެ އުމުރުން 61 އަހަރުގެ ބައްޕަ އާއި އުމުރުން 55 އަހަރުގެ މަންމަ މަރާލުމުގެކުށް ސާބިތުވެ ޙުކުމް އިއްވާފައިވާ މީހެކެވެ.

މި ހާދިސާގެ ތަހުޤީޤަށް ހާމަވެފައިވާ ގޮތުން ޖޮއެލް ވަނީ އޭނާގެ މައިންބަފައިން މަރާލުމަށްފަހު ބާރުގަދަ އެސިޑެއް ބޭނުންކޮށްގެން، ގޭގައި އެމީހުންގެ ހަށިގަނޑު ނައްތާލަން މަސައްކަތްކޮށްފައެވެ. އަދި އެއަށްފަހު މަރާލި މަންމަގެ ބޯ ހަށިގަނޑުން ވަކި ކުރުމަށްފަހު ފެނު ކެއްކިކަންވެސް ތަހުޤީޤަށް ހާމަވެފައި ވެއެވެ.

ޖޮއެލްގެ މައިންބަފައިން

އެސިޑް ބޭނުންކޮށްގެން ވެސް މަރާލި މައިންބަފައިންގެ ހަށިގަނޑުތައް މުޅިން ނައްތާލަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ޖޮއެލް އެމީހުންގެ ހަށިގަނޑުގެ ބައިތައް ކުދިކޮށް ކޮށައި ކާބޯތަކެތި ބަންދުކުރާ "ލަންޗް ބޮކްސް" ތަކަކަށް އަޅާފައިވާކަން ވެސް މި ހާދިސާގެ ތަހުޤީޤަށް އެނގިފައި ވެއެވެ.

މި އަނިޔާވެރި އަމަލު އޭނާ ހިންގާފައިވާކަމުގެ ގިނަ ހެކިތަކެއް ތަހުޤީޤަށް ލިބިފައިވީނަމަވެސް، މައިންބަފައިން މަރާލިކަމަށް އޭނާ އިއުތިރާފެއް ނުވެއެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ އެ މައްސަލައިގައި އެކަށީގެންވާ ހެކިތައް ލިބިފައިވުމާއެކު، ކަފާލާތުވެސް ފުރުސަތުވެސް ނުލިބޭގޮތަށް އޭނާ އުމުރަށް ޖަލަށް ލުމަށެވެ.

ޖޮއެލް އޭނާގެ ހުކުމް ބަދަލުކޮށްދިނުމަށް އެދިފައި ވަނީ، އަމިއްލަޔަށް ލިޔެފައި ކޯޓަށް ފޮނުވި ސިޓީއެއްގައެވެ. އެ ސިޓީގައި ވެސް މައިންބަފައިން މަރާލިކަމަށް އިންކާރުކޮށް އޭނާ ބުނެފައިވަނީ، އެކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ނިންމާފައިވާތީ މިހާރު ބޭނުންވަނީ މަރުގެ ޙުކުމެއް ކަމަށެވެ.

ޖޮއެލްގެ މި އަނިޔާވެރި އަމަލު ގިނަ ބައެއްގެ ސަމާލުކަމަށް މީގެ ކުރިން އައިސްފައި ވާއިރު، މަރުގެ ޙުކުމަކަށް އެދި އޭނާ ލިޔުނު ސިޓީއާއި ގުޅިގެން އާންމުން ބުނަމުން ދަނީ، އެފަދަ އިހުސާންތެރިކަމެއް ނެތް މީހަކަށް މަރުގެ ޙުކުމް ވާނީ ލުއި ހުކުމަކަށް ކަމަށާއި، އޭނާއަށް އެންމެ އެކަށީގެންވަނީ އުމުރު ދުވަހަށް ކުޑަގޮޅިއެއްގައި އޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނިމާލު ިެބކޮ

    ހުރި ހިތާމަ އެ އްގެ ބޮޑުކަމާ އެ.މަރަށް މަރު ދޯ އިން

    14
  2. ފަޓާސް

    ހަމަ ރަނގަަޅައް ތިވީ

  3. ޝިޔާމް

    އެމީހުން އަބަދު ތިބޭނީ ހިނދުކޮޅުގަވީމަ އަތުންނާއި ފައިންކުރެވޭ ކަމެއް ނޭގޭ. ހޭވެރިކަންވާއިރު އޮންނަނީ ތިޒާތުގެ ކޮންމެވެސް ކަމެއްގައި ބެދިފައި.

    13
  4. 😱😰

    އަސްތަޤްފިރުﷲ

    16