އިންޓަނެޓްގެ ސްޕީޑް ދަށްވުމަކީ ވަރަށް ގިނަ ބަޔަކު އިންތިހާއަށް ނުރުހޭ ކަމެކެވެ. ޚާއްސަކޮށް މި ޒަމާނުގައި އަދި ކޮވިޑް-19 ގެ މި ދުވަސްވަރު އިންޓަނެޓްގެ ވަސީލަތާއި ނުލައި ކޮންމެހެން ކުރަން ޖެހޭ ކަންކަންވެސް ކުރެވޭނެ ގޮތެއް ނޯވެއެވެ. އެހެންކަމުން ގިނަ ބަޔަކު މިހާރު ޤަބޫލުކުރަނީ އެ ޚިދުމަތަކީ ޒަރޫރީ ޚިދުމަތެއްކަމުގައެވެ.
އިންޓަނެޓްގެ ސްޕީޑް ދަށްވާން މެދުވެރިވެދާނެ ގިނަ ސަބަބުތައް ވެއެވެ. މިގޮތުން، ބޭނުންކުރެވޭ ކޭބަލެއް ނުވަތަ ޑިވައިސް އެއްގެ ސަބަބުން ވެސް ޚިދުމަތަށް ބުރޫއަރާފާނެއެވެ. މީގެ އިތުރުންވެސް މި މައްސަލަ މެދުވެރިވެދާނެ ގިނަ ސަބަބުތަކެއް ވެއެވެ.
މިއީ އިނގިރޭސިވިލާތުގެ ވޭލްސްގެ އަވަށެއްގައި ގިނަ ބަޔަކަށް އިންޓަނެޓް ލިބުމުގެ ދަތިކަން އެތައް ޒަމާނެއް ވަންދެން ދިމާވަމުން އައީ، ގެއެއްގައި ބޭނުންކުރަމުން ދިޔަ ބާ ޓީވީއެއްގެ ސަބަބުންކަން ހާމަވި ހާދިސާއެވެ.
އަބަހޯސަން ނަމަކަށްކިޔާ އެ އަވަށުގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކުރަމުން ދިޔަ ކުންފުންޏަކުން ބުނެފައިވާ ގޮތުން، އެ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ދަށްކަމުގެ ވާހަކައަކީ އަވަށުގައި އަބަދުވެސް ދެކެވެމުން ދިޔަ ވާހަކައެއް ކަމަށެވެ. މިކަމުގެ ސަބަބުން ކުންފުންޏަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެ، އިތުބާރު އޮޓި ވަރަށް ބޮޑަށް ގެއްލިފައި ކަމަށް ކުންފުނިން ބުނެފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުން "އޯޕެންރީޗް" ނަމަކަށްކިޔާ އެ ކުންފުނީގެ އިންޓަނެޓް ޚިދުމަތް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 7 ގެ ފަހުން އާދަޔާއި ޚިލާފަށް ދަށްވެ އިންޓަނެޓް ބޭނުންކުރުމުގައި ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. މިކަން ޙައްލު ކުރުމަށް ކުންފުނިން ވަނީ އެކުންފުނީގެ ޚިދުމަތް އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނެޓްވޯކުގެ ހުރިހާ ކޭބަލެއްވެސް ބަދަލުކޮށްފައެވެ. މީގެ އިތުރުން ކުންފުނިން ބޭނުންކުރަމުންދިޔަ ބައެއް އާލާތްތައްވެސް ޒަމާނީ ފެންވަރަށް ބަދަލުކޮށް މައްސަލައަށް ޙައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވެއެވެ.
މި މައްސަލަ ފެންމަތިވިއިރުން ފެށިގެންވެސް ކުންފުނީގެ އިންޖިނިއަރުން ބުނަމުން ދިޔައީ ނެޓްވޯކުގެ މައްސަލައެއް ނެތް ކަމަށެވެ. އެހެންކަމުން މައްސަލައިގެ ހަޤީޤަތް ނޭނގި ގޮތް ހުސްވުމުން އެކުންފުނިން ދާދިފަހުން ވަނީ ބޮޑު ތަހުޤީޤެއް ހިންގާފައެވެ.
މި ތަހުޤީޤުން ހާމަވެފައި ވަނީ، ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 7:00 ގެ ފަހުން ޚިދުމަތަށް ބުރޫއަރަމުން ދިޔައީ އަވަށުގައި އުމުރުން ދުވަސްވީ ދެމަފިރިއަކު ދިރިއުޅެމުންދިޔަ ގެއެއްގައި ބޭނުންކުރި ޓީވީއެއްގެ ސަބަބުން ކަމެވެ. އެދެމަފިރންވެސް ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން ފަށައިގެން ޓީވީ ބޭނުންކުރާކަމަށް ބުނެފައެވެ. އޮޕެންރީޗްގެ އޮފިޝަލުން ބުނެފައިވަނީ މިގޮތަށް ދިމާވީ ކަރަންޓު "އިންޓަފިއަރެންސެއް" ގެ ސަބަބުން ކަމަށެވެ.
ތަހުޤީޤުން މިކަން ހާވުމުން "އޯޕަންރީޗް" އިން ވަނީ ކުރިން ބޭނުންކުރަމުންދިޔަ ޓީވީގެ ބަދަލުގައި އާޓީވީއެއް އެ ދެމަފިރިންނަށް ފޯރުކޮށްދީފައެވެ. އޭގެފަހުން މިހާރު އަވަށުގައި އެންމެ ހަލުވި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް "އޯޕެންރީޗް" ވަނީ ވެފައެވެ. އެހެންކަމުން ގިނަ ބަޔަކު މިހާރު އަންނަނީ ކުންފުނީގެ އިންޓަނެޓް ޚިދުމަތަށް އެދި ހުށަހަޅަމުންެވެ.
ރާއްޖޭގަ ގިނައީ ފައިބަރ ނެޓްވޯކް އެހެންވީމަ ރާއްޖޭގެ ކުންފުނިތަކަށް މިކަހަލަ އުޒުރެއް ނެތް
ރާއްޖޭގައި ބޯ ބާކޮފީގެ ސަބަބުން ކަންނޭނގެ އިންޓަރނެޓްގެ ސްޕީޑްދަށްވެ އަގުބޮޑީ
ތިޔަހެންވީމާ އުރީދޫން އަހަރުމެން ދިރިއުޅޭ ޗާންދަނީމަގު ވޮށްކޮޅު ގޯޅި ހިސާބަށް ފޯނު ރޭންޖު ރަނގަޅަށް ނުދެވިގެން މިއުޅެނީ މެސީ އައި ބާ ޖައްވީ އުޅަނދު އަހަރުމެން މި އުޅޭ މއ.މުތްކޮޅު ގޭގެ ފުރާޅުމަތީގައި އޮތުމުގެ ސސބަބުންކަން ޔަގީން ވެއްޖެ. ބޫސްޓަރުގަނޑެއްވެސް ދޭންވެސް ނުކެރުނު.
އަވަހަށް މިގޭގެ ފުރާޅުމަތީގައި މެސީ ބާއްވަފައި ދިޔަ ބާ ޖައްވީ އުޅަނދު ނަގައިދެއްވާ. އަޅުގަނޑުމެންނަށް ގޭގައި ތިބެފެން ފޯނުކުރެވޭ ގޮތް ހައްދަވައި ދެއްވާ.
ހައްހާހާ.. ..ހީހީ ހަލާކު ވެއްޖެ..
ރާއްޖޭގައި އިންޓަނެޓް ސްޕީޑް ދަށްވަނީ ޕެކޭޖްއާއިއެކު ލިބޭ ފެއަރ ޔޫސޭޖް އެލަވަންސް، ޚިދުމަތް ފޯރުކޮށްދޭ ފަރާތުން މަހުގެ މެދުތެރެއިން ބާކީއޮތް އެލަވަންސް އެޔެއްމިއެއް ނާންގާ ކާލާތީ. ކިތަންމެ ބޮޑު އެލަވަންސްއެއް ލިބޭ ޕެކޭޖެއްނެގިއަސް ހަމަ މަހުގެ މެދަށް ހުސްވޭ. އެކަމަކު އަހަރެމެން ކޮންމެ މަހަކުވެސް އިންޓަނެޓް ބޭނުންކުރަނީ ހަމަ އެއްމަސައްކަތެއް ކުރަން. މިއަށް ވާގޮތެއް ހަމަނޭންގޭ
ރާއްޖޭގަ އިންޓަރނެޓް އަގުބޮޑު ވެފަ ސުލޯ ވަނީ ކޮންކަހަލަ ވަސީލަތެއްބޭނުން ކުރާތީތަ އަޅެފަހެ. މީހަކު މޮޔަވެދާނެ ދޯ.
މިރާއްޖޭގަ ސަރވިސް ޕްރޮވައިޑަރުންނަށް ނުކެރެޔޭ އަޅެފަހެ ހެޔޮ އަގެއްގައި ގަދަ ސްޕީޑްގަ ހުސްނުވާ ޑާޓާ އެލަވަންސް ދޭކަށް. ގައިމު އެ ބޭނުންވާ މީހުން އެ ބޭނުންކުރާނެ ދޯ މަހުންމަހަށް ބިލު ދައްކައިގެން. މިކަމުގައި މިހާ ޝަކުވާ ބޮޑެއްނުވާނެދޯ އޭރުން.
މިސަރުކާރު އިންޓަނެޓް އަގުހެޔޮކޮއްދިންތާ ކޮންދުވަހެއް އެނެއްކާ އެހާ ފާސްޓު....🖕