ތައުލީމީ ހަޔާތުގެ ވާހަކަދައްކާނަމަ ކޮންމެ މީހަކުވެސް އެންމެ ހަނދާން ހުންނާނީ ސްކޫލް ތެރޭގައި ދިމާވާ މަޖާ ކަންތައްތަކުގެ ވާހަކައެވެ. އެ ދުވަސްތަކަކީ ހަނދާނުން ފިލާ ނުދާނެ ދުވަސްތަކެއް ކަމަށް ވާއިރު ފ. ނިލަންދޫއަށް އުފަން މުޖީބާ މުހައްމަދު ފަރީދު ބުނީ، ސްކޫލް ދައުރުގައި އެންމެ ހަނދާންވާ ކަމަކީ ސްކޫލް ތެރޭގައި ސަކަރާތް ޖަހާ އުޅުނު ދުވަސްތައް މަތިން ކަމަށެވެ.
މިހާރު މުޖީބާއަކީ ބެޗްލާސް ޑިގްރީ އިން ޝަރީ އެންޑް ލޯ ކިޔަވަމުން އަންނަ މީހެކެވެ. އޭނާއަކީ މޮޅު މޭކަޕް އާޓިސްޓެކެވެ. އެ ހުނަރުވެރިކަން އޭނާ އެ ދަނީ އެންމެންނަށް ދައްކަމުންނެވެ. އެތައް ބަޔަކު އޭނާގެ މަސައްކަތަށް ތައުރީފް ކުރަމުން އެބަދެއެވެ.
ވަރަށް ކުޑައިރުއްސުރެވެސް އެނގުނު ގޮތަކަށް މޭކަޕްކޮށް އުޅެން
"އެންމެ ކުރީއްސުރެވެސް މޭކަޕް ކުރަން. އެއިރު ނުވެސް އިނގޭދޯ ކުރާކަށް. އެއިރުވެސް އެނގުނު ގޮތަކަށް ކުރަން މޭކަޕް. ފަހުން ފަހުން އައިސް ފެމަލީ ވެޑިންގތަކުގައި ބުނާނެކޮށްދޭން. އެގޮަތަށް ކުރަން ފެށުމުން މީހުން ބުނަނީ މިއީ ކުރަން ސަޅި ކަމެކޭ ވަރަށް ގުޅޭ ކަމެކޭ"
މިހާރު މުޖީބާ އެ ދާއިރާއިން ކުރިއަށް އެދަނީ ކޯސް ހަދައިގެންނެވެ.
ބޭނުންވަނީ ލޯ ދައިރާއިން ކުރިއަށްދާން. ވަގުތު ވީ ވަރަކުން މޭކަޕްވެސްކޮށްދޭނަން
މުޖީބާ ބުނީ، އޭނާ އެންމެ ވާން ބޭނުންވަނީ ލޯޔަރަކަށް ކަމަށެވެ. ނަމަވެސް މޭކަޕަކީ ދޫކޮށްލާނެ ދާއިރާއެއް ނޫން ކަމަށާއި، އެ ދާއިރާގައިވެސް ވަގުތުވީ ވަރަކުން އުޅޭނެކަމަށް އޭނާ ބުންޏެވެ.
ކުރިންވެސް މޭކަޕް ކުރަން. ވިޔަފާރިއެއް ގޮތަށް ފެށީ މި އަަހަރު
"ޕޭޖެއް ހަދައިގެން އަނެއްގޮތަށް ފެށީ މި އަހަރު ފެބްރުއަރީ މަސް ތެރޭގައި. ދޭން އޭގެ ކުރީގައި 2014 ގައިވެސް ވެޑިންގއެއްގެ މޭކަޕްކޮށްދީފައި، 2015 ގައިވެސް ވެޑިންގއެއްގެ މޭކަޕްކޮށްދީފައި. ދެން ވަރަށް ގިނައިން ބްރައިޑްސް މެއިޑުންނާއި، ފްލާވާ ގާލުންގެވެސް މޭކަޕްކޮށްދޭން. އާއްމުކޮށް ރަށު މީހުންގެ މިގޮތަށް ކުރަނީ"
މި ދާއިރާއިން ކުރިއަށްދާން އެންމެ ބޮޑު ހިތްވަރެއް ލިބެނީ ބޯއިފްރެންޑް އަދި ފެމަލީގެ ފަރާތުން
މުޖީބާ ބުނިގޮތުގައި، އޭނާ މި ދާއިރާއިން ކުރިއަށްދާން އެންމެ ބޮޑު ހިތްވަރެއް ލިބެނީ ލޯބިވެރިޔާ އާއި އާއިލާ އަދި ރަހުމަތްތެރިންގެ ފަރާތުންނެވެ.
ބިޝާމެންގެ މޭކަޕްތައް ވަރަށް ސަޅި
"ވަރަށް ރީތިކޮށް މޭކަޕްކޮށްދޭ އާޓިސްޓުން ތިބޭދޯ. އެންމެ ރީއްޗަށް މޭކަޕްކޮށްދެނީ ބިޝާމެން. މިހާރުވެސް އެ މީހުންގެ އެއްޗެހި ބަލައިގެން ދޯ މި ކުރަނީ"
އެންމެ ކުރީއްސުރެވެސް ޔޫޓިއުބް ބަލައިގެން މޭކަޕް ދަސް ކުރަނީ
"އާއްމުކޮށް ޔޫޓިއުބް ވީޑިއޯސް ބަލައިގެން ދަސް ކުރަނީ. ހުރިހާ މޭކަޕެއްވެސް. އެންމެ ކުރިން ފަށައިގެންވެސް ޔޫޓިއުބް ބަލަން. ބަލާފައި އޭގެ ހުންނަ ގޮތަށް ކުރެވޭތޯ ބަލަނީ"
އާއްމުކޮށް ލިބެނީ ޕޮޒިޓިވް ކޮމެންޓްސްތައް
"އާއްމުކޮށް ވަރަށް ޕޮޒިޓީވް ކޮމެންޓްސްތައް ލިބެނީ. އެންމެންވެސް ބުނަނީ ވަރަށް ރިއްޗޭ. އަދި ރަނގަޅު ކުރަން ޖެހޭ ކަންކަންވެސް ބުނާނެ. އާއްމުކޮށް މޭކަޕް ކުރަން އަންނަ ކުއްޖާ ބޭނުންވާ ގޮަތަކަށް މޭކަޕްކޮށް އުޅޭނީ. ޕޮޒިޓީވް ކޮމެންޓްސް ލިބިއްޖެޔާ ވަރަށް އުފާވޭ".
އަދި ހަމައެކަނި ކުރަނީ އަންހެން ކުދިންގެ މޭކަޕް
"ހަމައެކަނި އަންހެން ކުދިން އަދި މި ކުރަނީ. ދެން އަންހެން ކުދިންގެ ބުރުގާ އަޅުވާވެސް ދެން"
ބޭނުންވަނީ މި ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަކަށް ދާން
އަދި ނެތް ވަކި ހިސާބެއް ދާކަށް. ބޭނުންވަނީ މި ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަކަށް ދާން. އަދިވެސް ޓައިމް ލިބޭ ވަރަކަށް ކޯސްތަކާއި އެއްޗެހި ހަދާ"
ޝުކުރު އަދާކޮށްލަން ބޭނުންވަނީ
ހިތްވަރުދޭ އެންމެންނަށާއި، ރައްޓެހިންނަށް. ދެން ލޯބިވެރިޔާ އަށާއި، ފެމަލީ"
މުޖީބާ ބުނީ، އޭނާ މޭކަޕް މަސައްކަތް ކުރަން ފެށުމުގެ ކުރިން އެ މީހާކު ބޭނުންވާ ގޮތްވެސް ބަލާ ކަމަށެވެ. އަދި އެއީ ކައިވެނީގެ ހަފްލާއެއްނަމަ އެ ހަފްލާގެ ތީމާއި އެއްގޮތަށް މޭކަޕް ކުރެވޭތޯ ބަލާ ކަމަށާއި، އަދި އެގޮަތަށް ޔޫޓިއުބުން ބަލާ އައިޑިއާ ހޯދާ ކަމަށް އޭނާ ބުންޏެވެ.
މުޖީބާއަކީ މިއަދު އެތައް ބައެއްގެ ލޯބި ލިބިފައިވާ މޮޅު މޭކަޕް އާޓިސްޓެކެވެ.
"ފެމަލީ" މީހުންގެ ސަޕޯޓް ލިބުނަސް ތިޔަމޭކަޕް ސަޅިއެއްނޫން.
އަސްލުވެސް
ހަޖަމް
ކަލޭ ދެން މިޔަށްވުރެ ރީއްޗަށް ކުރަންވީނު ދޯ....ހިވަނީ ކަލެއަށް މާބޮޑަށް އެނގޭހެން...ލޮލް.
މުޖީތީ ހަމަ ބެސްޓު
ސާބަހޭ މުޖީ
މުޖީބަޢަށް މޭކަޕް ފަންނާނެއްގެ ގޮތުން ކުރިއެރުމާއި ކާމިޔާބު ލިބުން އެދެން. ގާނޫނީ ރޮނގުން ކުރިޔަށް ދާން ބޭނުން ނަމަ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ ހަމައެކަނި ރާއްޖެ ގަބޫލު ކުރާ ޑިގްރީ އަކަށް ބަރޯސާ ނުވެ ބޭރު ދުނިޔެޔެ ވެސް ގަބޫލުކުރާ ފެންވަރެއްގެ ޑިގްރީ އެއް ހެދުން!
އަމްމްމްމްމްމް.... ނޯ!!
އެންމެފުތަމަ ﷲ شكر އަދާނުކުރިކަން ފާހަގަކުރަން އޭގެފަހުގަ މުޖީ ބޭނުން މީހަކަށް شكر އަދާކޮއްލިނަމަ ފުރިހަމަވިސް މާތްﷲ ތިކުރާމަސައްކަތުގަ ބަރަކާތް އިތުރު ކުރަށްވާށި امين
ބަލައގެންފިން
ވަރަށް ފުރިހަމަ... ސާބަހޭ މުޖީ???
ކޮން ލޯބިވެރިއެއްތަ؟ ތީއޭ ކަލޭމެންގެ މައްސަލައަކީ.
ބުޅާ މޭކަޕް،
މުޖީބާ އަކީ އަބަދުވެސް ދައްތަގެ އެންމެ ފެވަރިޓް މޭކަޕް އާޓިސްޓް..... އަބަދުވެސް ކުރިމަގުގަ ކާމިޔާބީއަށް އެދެން.......
މި ދާއިރާއިން ކުރިއެރުމަާއި ކާމިޔާބީ އެދެން.