ކުއްތާއެއްގެ މަތިމަހެއް ހުންނަ ވާހަކަ ބުނެފި ނަމަ އެ ވާހަކަ ޤަބޫލުކުރާނަންހެއްޔެވެ؟ ފަހަރުގައި މިއީ ޤަބޫލުކުރަން އުނދަގޫ ވާހަކައަކަށް ވެދާނެއެވެ.

އެއީ އާއްމުކޮށް ކުއްތާއެއްގެ މަތިމަހެއް ހުންނަ މަންޒަރު ނުފެންނާނެތީއެވެ. އަދި ފެނުނަސް އެއީ ޑައިކޮށްގެން ނޫނީ ކުރަހާފައިވާ އެއްޗެއް ކަމަށް ވުން ގާތް ވީމެވެ.

ނަމަވެސް، މަތިމަސް ހުރި ކުއްތާއެއް މިވަނީ މުޅި މީސްމީޑިއާގައި މީހުންގެ ސަމާލުކަން ހޯދަން ފަށާފައެވެ. ސެލްވެޓޯޯ ނަމަކަށް ކިޔާ މި ކުއްތާއަކީ ތަފާތު މޫނުގެ ހަރަކާތްތަކެއް ގެންގުޅޭ ކުއްތާއެކެވެ.

އާދަޔާ ޚިލާފް ސިފަތަކެއް ލިބިގެންވާ މި ކުއްތާއަކީ ފޮސްޓަރކެއާގައި ގެންގުޅޭ ކުއްތާއެކެވެ.

ބަލާނެ މީހަކު ނެތް ކުއްތާތައް ގެންގުޅޭ މި ޝެލްޓާގައި ސެލްވެޓޯގެ އިތުރުން 11 ކުއްތާ ދިރިއުޅެއެވެ.

އޭގެ ތެރޭގައި ސެލްވެޓޯގެ މަންމަވެސް ހިމެނެއެވެ.

މި ކުއްތާތަށް ފޮސްޓަރ ކެއާއަށް ގެންދިއުމުގެ ކުރިން އުޅުނު ޝެލްޓަރ ހައުސްގައި ތިބި އިރު ވަރަށް ބަލި ނަމަވެސް މިހާރު އެ ކުއްތާތަކުގެ ހާލަތު ދަނީ ރަނގަޅުވަމުންނެވެ.

އެ ކުއްތާގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުވާން ފެށުމާއި އެކު މީހުން ވަނީ އޭގެ ތަފާތު މަތިމަހުގެ ސަބަބުން އެ ކުއްތާ އިތުރަށް ރީީތިވާކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް ކުއްތާގެ ފަރ މަތިމަސްހެން ހުންނަ މަންޒަރު މަދުންނަމަވެސް ފެނިފައި ހުރެދާނެ އެވެ.

އެހެންނަމަވެސް ސެލްވެޑޯގެ މަތިމަސް ހުންނަނީ އޭނާގެ ގައިގައި ހުންނަ ހުދު ކުލަ އާއި ތަފާތުކޮށް ހުދުކުލައިގައެވެ.

އޭގެ ސިފަ ޚާއްސަވާ ސަބަބަކީ މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު