ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ވެކްސިނެއް އުފައްދަން ކުރާ މަސައްކަތުގެ ތެރެއިން ބައި މިލިއަނަށްވުރެ ގިނަ މިޔަރު މަރާލާނެ ކަމަށް ތަޖުރިބާކާރަކު ބުނެފިއެވެ.
މިކަން ހާމަކޮށް ނޫސްތަކުގައި އޭނާ ބުނެފައިވަނީ، ކޮވިޑް-19 ގެ ވެކްސިން އުފެއްދުމަށާއި، މިހާރުވެސް މިބައްޔަށް ފަރުވާކުރާ މީހުންނަށްދޭ ބޭސްތައް އުފެއްދުމަށް މިޔަރުގެ ހަށިގަނޑުން ނަގާ ތެލެއް ބޭނުންކުރަމުންދާ ކަމަށެވެ. އަދި މި މާއްދާ އެތަކެތީގައި ހިމަނަނީ ފަރުވާއަށް އަވަސްކަމެއް ގެނެސްދޭތީ ކަމަށް އޭނާ ބުނެފައި ވެއެވެ.
ކޮވިޑް-19 ގެ ވެކްސިން އުފައްދަން ގިނަ އަދަދެއްގެ މިޔަރު މަރާލާނެ ކަމަށް ތަޖުރިބާކާރަކު ބުނެފައިވާއިރު، މި ވެކްސިންގެ ބޭނުމަށް 250,000 އަށްވުރެ ގިނަ މިޔަރު މަރާލާނެ ކަމަށް "ޝާކް އެލައިސް" ނަމަކަށް ކިޔާ ޖަމާޢަތަކުންވެސް މީގެ ކުރިން ބުނެފައި ވެއެވެ.
ވެކްސިންގައި ބޭނުންކުރާ މިޔަރުގެ ހަށިގަނޑުން ނަގާ ތެލަކީ ވެކްސިންގެ ބާރު އިތުރުކޮށް ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ހިނގުން ހަލުވިކޮށްދޭ ބައެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ދުނިޔޭގެ މުޅި އާބާދީ ކޮވިޑް-19 އިން ރައްކާތެރިކޮށް، އާބާދީއަށް އެކަށީގެންވާ މިންވަރަކަށް ވެކްސިން އުފައްދަން ބައިމިލިއަން މިޔަރު ބޭނުންވާނެ ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.
"ޝާކް އެލައިސް" ގެ ކޯ ފައުންޑަރ، ސްޓެފަނީ ބްރެންޑްލް ވިދާޅުވެފައި ވަނީ، ބަލިމަޑުކަމަކުން އަރައިގަތުމުގެ ތެރެއިން މިޔަރު ދުނިޔެއިން ނެތިދިޔުމަކީ ޙައްލެއް ނޫން ކަމަށެވެ. އެހެންކަމުން މިކަމަށް އެހެން ގޮތްތަކެއް ހޯދަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތުގެ ތެރެއިން މިޔަރު މަރަމުންދާ ކަމަށް ބުނެ ބައެއް ޖަމިއްޔާތައް ގުޅިގެން ޕެޓިޝަނެއްވެސް އެކުލަވާފާފައި ވެއެވެ. ދިހަ ހާސް މީހުންގެ ސޮއި ހޯދުމަށް އަމާޒުކޮށްގެން ފެށި މި ޕެޓިޝަންގައި މިހާތަނަށް 9500 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް ވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، މި ބައްޔަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ގިނަ ޤައުމުތަކުން ކުރަމުން ދެއެވެ. އަދި މިހާރުވެސް ތަހުލީލުކުރާ ބައެއް ވެކްސިންތަކުގައި މިޔަރުގެ ހަށިގަނޑުން ނަގާ މާއްދާތައް އެކުލަވާލާފައިވާ ކަމަށް ބައެއް ސިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އިންސާނުންނަށް ވުރެން މިޔަރު މުހިންމު ވާންޖެހޭ ސަބަބެއް ނެއް.
މިއަރުހުސްވާތީ ކަންބޮޑޮވާމީހުނައް އިންސާނުން ހުސްވާތީ ކަންބޮޑުނުވޭބާ އިންސާނާ އިންސާނުން ދެކެ ވިސްނާ ފިކުރުކޮއްބަލާސެވެ އިންސާނުންނަކީ ދުނިޔޭގައިވާ ހުރިހާ އެއްޗަކައްވުރެ މާތްކޮއް ހައްހަވާ ފައިވާބައެކެވެ
މިޔަރު މަރާލައިގެންވެސް މި ބައްޔަށް ބޭހެއް ހޯދޭ ތޯ ބަލަންޖެހޭ. ދެން ޝާކް އެލައިސްއިން ކަންބޮޑުވުން ފާޅުކުރީމަ ބައްޔަށް ހޯދަންޖެހޭ ބޭސް ނުހޯދާ މަޑުޖައްސާލަންވީތަ. ޝާކް އަލައިސްއިން ޝާކް ދިރުވާ އާލާ ކޮށްބަަ
ރާއްޖެ އަންނާށޭ ބުނޭ. މަސްވެރިންނަށް މިޔަރުތަކައިގެން އުނދަގޫވެފަ ތިބީ
ތިފަދަ އިންސާނިއްޔަތާއި ޚިލާފް ބަޔާންތައް ނެރެމުންދާ މީހުން ކޮވިޑް 19 ޖެހިގެން އެ ތަހަންމަލް ކުރަންޖެހޭ ވޭން ތަޖުރިބާ ކުރަން ކެރިދާނެބާ .... އެފަދަ މީހުން މިބައްޔައް ޕޮޒިޓިއްވާނެ ނަމަ ކޮންފަދަ.....
ރާއްޖޭގައި މިއުޅޭ މިއަރުތަކުން އެއްބައި ދީފިން. އަވަހަށް ގެންދޭ! އޭރުން އަހަރެމެންނަށް ފަރުމަހެއްވެސް ބާނާލެވޭނީ!
އަޅެފަހެ މީހަކު އަޖައިބެއް ނުވާނެތަ މިމީހުން ނައެގޭ މާތްރަސްކަލާންގެ މިދުނިޔޭގާ ލެއްވި މަޙުލޫ ގެއްނެތި ދާންއުލޭކަންވެސް އެއްވެސް މަހުލޫގަކައް އަނެއްމަހުލޫގެއް ނައްތައެއްނުލެވޭނެ، ކޮންމެ އެއްޗެއްގެ ވަގުތުޖެހުމުން އެ އެއްޗެއްވަކިވާނެ އަހަރުމެއްނައް ކުރެވޭނެ އެއްވެސް ކަމެއްނޯންނާނެ
ލައްކައެއްހާ މިޔަރު މި ރާއްޖެއިން ހަދިޔާކުރަން ފެނޭ
ދިވެހި މަސްވެރިނަ ނަށް މިޔަރުބާނާ އެކްސްޕޯރްޓް ކުރުމުގެ ފުރުސަތު ވަގުތުން ވަގުތަށް ދިނުމަށް ސަރުކާރަށް ގޮވާލަން ކޮވިޑަށް ފަރުވާއެއްވެސް ލިބުނި މަސްވެރިން ނަށް ސަރުކާރަށް ބަރޯސާ ނުވެ އުޅެވޭނެ
މިޔަރު މެރުމައްވުރެ ތިޔަ ޖަމިއްޔާތަކައް އިންސާނުން މަރުވިޔަސް ވަރިހަމަ ވުމުން އެނގެނީ ތިޔައީ ބޯހަމަ ނުޖެހޭ ބައެއްކަން ގުރައިދޫ އައްގެނެސް ކޮއްޓައްލާ
އިންސާނުން ނަށްވުރެން މިޔަރު މުހިއްމު ވެގެން ތިއުޅޫ ޖަމާއަތްތަކަށް ކޮވިޑަކީ ކޯއްޗެއްކަން ނޭންގެނީ ކަމަށް ވެދާނެއެވް.