ބޭނުންވާނެ ތަކެތި

2 ޖޯޑު ބީފް ކުދިކޮށް ކޮށާފައި

4 ސަބްމެރިން ބަނަސް

1 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)

1 ޖޯޑު މަޝްްރޫމް (ކުދިކޮށް ކޮށާފައި)

1 ޖޯޑު ބެލްޕެޕާސް (ރަތް، ރީނދޫ، ފެހި، ހުރިހާ ކުލައެއް މިކްސްކޮށް)

2 މޭޒުމަތީ ސަމްސާ ޗިލީ ސޯސް

2 މޭޒުމަތީ ސަމްސާ މަޔޯނައިސް

2 މޭޒުމަތީ ސަމްސާ ތެޔޮ

4 ކެޕްސިކަމް ކަރު ނަގައި ފަޅިކޮށްފައި

ވަރަށް ކުޑަ ލޮނު ކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ތަވާގައި ތެޔޮ ފޮދު ހޫނު ކުރުމަށް ފަހު، ބީފް ، މަޝްރޫމް ، ފިޔާ، ބެލްޕެޕާސް މީރުކުރާށެވެ. ދެން ބީފް ރަގަނޅަށް ރޯފިލާ އަދި ފިޔާ މޯޅިވުމުން ލޮނުކޮޅު އަޅައި އުނދުން މަތިން ބައިލާނީއެވެ. ދެން މަޔޯނައިސް އާއި ޗިލީ ސޯސް މިކްސްކޮށްލާނީއެވެ. ދެން ބަނަސް މެދުން ފަޅިކޮށް އެތެރޭގައި މަޔޮނައިސް ހާކައި މަސްގަނޑު ފަތުރާލާނީއެވެ. އެއަށް ފަހު ޗީސް އާއި ކެޕްސިކަމް މަސްގަނޑުގެ މައްޗަށް އަޅާނީއެވެ.