ކޮވިޑް-19 ގެ ސަބަބުން ބޮލީވުޑާއި ހޮލީވުޑުގެ ސިނަމާތައް އަދި ވެސް އޮތީ ވަރަށް ފަޅުކޮށެވެ. ސިނަމާތައް ނުހުޅުވުމުގެ ސަބަބުން ބޮލީވުޑު އަދި ހޮލީވުޑުގެ ވެސް އެތައް ފިލުމެއް އެޅުވުން ވަނީ ފަސްކޮށްފައެވެ.

އަންނަ އަހަރުގެ އޮކްޓޫބަރު އެއް ވަނަ ދުވަހު އެޅުވުމަށް ތާވަލު ކުރެވިފައިވާ ރޮބަޓް ޕެޓިންސަން ސްޕަ ހީރޯގެ ރޯލުން ފެނިގެންދާނެ ''ދި ބެޓްމޭން'' އެޅުވުން ލަސްކޮށްފައިވަނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހަށެވެ.

މީގެ އިތުރުން މި އަހަރު ވަނަ ބްރޯސް އިން ރިލީޒް ކުރުމަށް ތާވަލު ކުރެވިފައިވާ އެތައް ފިލުމެއް ވެސް ވަނީ ރިލީޒް ކުރުން ފަސްކުރެވިފައެވެ. ''ކޮމިކް ބުކް އެޑްވެންޗާ''، ''ދަ ފުލެޝް'' އަދި ''ޝަޒަމް 2'' ވެސް ރިލީޒް ކުރާ ތާރީޚް ވެސް ވަނީ ފަސްކޮށްފައެވެ.

ޖޫން 2، 2022 ގައި ރިލީޒު ކުރުމަށް ތާވަލު ކުރެވިފައިވާ ''ދަ ފުލެޝް'' މިހާރު ރިލީޒު ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 4، 2022 ވަނަ ދުވަހުއެވެ.

ޒެޗަރީ ލެވީ މުހިންމު ރޯލަކުން ފެނިގެންދާ ''ޝަޒަމް 2'' ރިލީޒު ކުރުމަށް ނޮވެމްބަރ 4، 2022 އަށް ތާވަލު ކުރެވިފައިވީ ނަމަވެސް މި ފިލުމު ރިލީޒް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ ޖޫން 2، 2023 އަށެވެ.

''ދި ބެޓްމޭން'' ފިލުމު ޕްރޮޑިއުސްކޮށްފައިވަނީ ޑީސީ ފިލްމްސްއިންނެވެ. މި ފިލުމުގެ ޑިސްޓްރިބިއުޓައަކީ ވަނަ ބްރޯސްއެވެ. މި ފިލުމަކީ ''ބެޓްމޭން'' ފިލުމުގެ ރީބޫޓެކެވެ.

މި ފިލުމުގައި ބެޓްމޭންގެ ރޯލުން ފެނިގެންދާނީ ރޮބަޓް ޕެޓިންސަނެވެ. އަދި ކެޓްވުމަންގެ ރޯލުން ފެނިގެންދާނީ ޒޯއީ ރެވިޓްސްއެވެ.

ކިޔުންތެރިންގެ ހިޔާލު