ދެމީހަކު ކައިވެންޏެއް ކޮށް ދިރިއުޅުމެއް ފަށަނީ އުމުރު ދުވަހު އެކީގައި އުޅޭނެ ކަމުގެ އަހުދު ކަށަވަރު ހިފައިގެންނެވެ. ނަމަވެސް ހުރިހާ ފަހަރަކު އެގޮތައް ކަންތަކެއް ނުވެއެވެ. ގިނަ ފަހަރަށް ދެމީހުން ކުރެ ކޮންމެވެސް އެކަކު ސިއްރު ލޯބިވެރިޔަކު ހޯދުމުގެ ނަތީޖާ އަކަށް ވަނީ ގުޅުން ނިމުމަކަށް ގެންނަން ޖެހުމެވެ. ބައެއް މީހުން ސިއްރު ލޯބިވެރިން ގެންގުޅޭ އިރު އަނބިމީހާ ނުވަތަ ފިރިމީހާ އަށް ރޭކައި ވެސް ނުލައެވެ. އެހެންކަމުން އަހަރެން މިކިޔައި ދެނީ ތިބާގެ ހަޔާތުގެ ބައިވެރިޔާ އެހެން ލޯބިވެރިޔަކު ގެންގުޅޭ ކަމުގެ އަލާމާތްތަކެވެ.

އިޙްތިރާމެއް ނުކުރާނެ

ހަޔާތުގެ ބައިވެރިޔާ އަށް އިހްތިރާމް ނުކޮށް އަބަދުވެސް ކޮންމެވެސް އުޒުރެއް ދެއްކުމަށް ފަހު ޒުވާބު ކުރަން އޭނާ މަސައްކަތް ކުރާނަމަ އެއީ ގޯހެކެވެ. އެއީ އޭނާ އެހެން މީހަކާއި މާގާތް ގުޅުމެއް ބާއްވާ ކަމުގެ ނިޝާނެކެވެ.

ގަޔާވާ ކަންކަން ހަނދާން ނެތޭނެ

ދެމީހުން ލޯބީގެ ގޮތުން ގުޅިގެން ކައިވެންޏާއި ހަމައަށް އަންނަ އިރު ތިބާ ގަޔާވާ ކޮންމެ ކަމެއް ކުރުން އެއީ އޭނާގެ އުފަލެއް ކަމަށް ހަދާނެއެވެ. ނަމަވެސް އޭނާ ސިއްރު ގުޅުމެއް ފެށުމުން އެކަން ބަދަލު ވެގެން ދާނެއެވެ. ތިބާ ގަޔާވާ ކަންތައްތައް މަތިން އޭނާ ހަނދާން ނައްތާލާނެއެވެ.

ފްލާޓް ކުރާނެ

ތިބާ އާއި އެކު އޭނާ އިން ނަމަވެސް އޭނާ އެހެން މީހުންނާއި ފްލާޓް ކުރުން އެއީ އުފަލެއް ކަމަށް ދެކޭނަމަ އެއީ ގޯހެކެވެ. އަދި އޭނާގެ މީސް މީޑިއާ އެކައުންޓްތަކުން އެހެން މީހުންނާއި ފްލާޓް ކުރާނަމަ އެއީ މާނުރައްކާތެރި ކަމެކެވެ. އޭނާގެ އުޅުމާއި މެދު އިތުރަށް ސަމާލުވާށެވެ.

ހަސަދަވެރިވާނެ

ވައްކަން ކުރާ މީހުންނަށް ހީވާނީ އެހެން މީހުން ވެސް ވައްކަން ކުރާނެ ކަމަށެވެ. ބޭވަފާތެރިވެ ސިއްރު ލޯބިވެރިން ގެންގުޅޭ މީހުން ހީކުރާނީ އޭނާގެ ބައިވެރިޔާ ވެސް އެފަދަ ސިއްރު ގުޅުމެއް ހިންގާނެ ކަމަށެވެ. ތިބާ ރަހުމަތްތެރިޔަކާއި ވާހަކަ ދެއްކި ނަމަވެސް އެކަން ބޮޑު މައްސަލައަކަށް ހަދައިގެން ޝައްކުކޮށް ތިބާ މީހުންނާއި ވާހަކަދެއްކުން މާނަކުރާނަމަ އެއީ ގޯހެކެވެ. އެކަމުގެ ފަހަތުގައި އޮތް ހަމައެކަނި ސަބަބަކީ ތިބާ ގެއްލިދާނެތީ އޭނާ ބިރުގަތުން އެކަންޏެއް ނޫނެވެ.

ދޮގު ހެދުމަކީ އާންމު ކަމެއް

ވަރަށް އާދައިގެ ކަންކަމުގައި ވެސް ދޮގު ހެދުމަކީ އޭނާ އާންމުކޮށް ކުރާ ކަމެއް ނަމަ އެއީ ގޯހެކެވެ. ކުދިކުދި ކަންތައްތަކާއި އޭނާ ދޮގު ހަދާނަމަ ބޮޑެތި ކަންކަމުގައި ދޮގު ހަދަން ވެސް އޭނާ ޖެހިލުމެއް ނުވާނެއެވެ.

ޑްރާމާ ބޮޑުވާނެ

އިސްވެ ބުނެދިން އެއްވެސް ކަމެއް ނުކޮށް ވެސް ތިބާގެ ބައިވެރިޔާ ސިއްރު ގުޅުމެއް ހިންގާފާނެއެވެ. އެއީ އެކްޓް ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް ވާތީއެވެ. އެހެންކަމުން ޝައްކު ކުރެވޭ ކަމެއް އޮތް ނަމަ ޔަގީން ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހުސިން

    މީގައި ތިބި ހުރިހާ ކަމެއް އަހަރެން ވަރިކުރި މަންޖެ ކުރި.

    10
    2
  2. އަންނި

    ތީގަ ހިމެނޭ ހުރިހާ ކަމެއް ތިމަންނަ މިއަންނަނީ ކުރަމުން އެކަމަކު ވަގުބިޓެއް ނުގެންގުޅެން އަދި.

    14