މުޅި ޓްވިޓާގައި މިހާރު އޮތީ މިވާހަކައެވެ. އެކި ކަންކަން ފެށުނު ގޮތުގެ ހަނދާންތަކާއި އެކު މިހާރު ކަންތައްތައް ކުރިއަށްދާ ގޮތް ގިނަ ބަޔަކު ދަނީ ކިޔައި ދެމުންނެވެ. ދެމީހުންގެ ލޯބި ފެށުނުގޮތާއި ކައިވެންޏާއި އެކު މިހާރު ކުރިއަށްދާ ގޮތް އެމީހުން ކިޔައިދެއެވެ. ވަރަށް އާދައިގެ ގޮތަކަށް ފެށި ވިޔަފާރި ކުރިއަރައިގެން ދިޔަ ގޮތް ވެސް މީހުން ކިޔައި ދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މީމްތައް ހަދާ ޓްވިޓާ އެކައުންޓުން ފުރަތަމަ ކުރަން ފެށި ޓްވީޓްތައް ބަދަލުވެ، މިހާރު އެންމެ ގިނައިން ފެންނަނީ ދެލޯބިވެރިންގެ ގުޅުން ފެށުނުގޮތާއި އެގުޅުން ކުރިއަށްދާ ގޮތް ކިޔައިދީފައިވާ ގޮތެވެ. މެސެންޖާ އިން ފޮނުވާލި ސްޓިކާ އަކުން ފެށުނު ގުޅުން ވަރުގަދަވެ ކައިވެނިކޮށް ދަރިން ލިބިފައިވާ މީހުން ގެންދަނީ އެމީހުންގެ އުފާވެރި އެހަނދާންތައް ހިއްސާ ކުރަމުންނެވެ.

ބައެއް މީހުން ގެންދަނީ ސިޔާސީ މަސްރަހުގައި ކަންތައް ވަމުންދާ ގޮތް ވެސް ހިއްސާކޮށް ކުރީގެ ހަނދާންތައް އާކުރަމުންނެވެ. އަދި ބައެއް މީހުން ގެންދަނީ ޓްވިޓާ އިން ދެމީހުންގެ ދެމެދުގައި ފެށުނު "ގުޅުން" ވަކިހިސާބަކުން "ބްލޮކް" ކޮށްލާފައިވާ ހިސާބަށް ވެސް އައިސްފައެވެ. އަދި ބައެއް މީހުން ނިކަން ރީއްޗަށް ވާހަކަދައްކަން ފަށާ ވަކި ހިސާބަކުން "ސީން ޒޯން" ކޮށްލި މަންޒަރު ވެސް އެބަފެނެއެވެ.

މަތީގައި އެވާ ފޮޓޯ އިން އެފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ފެށުނު ގޮތާއި އަދި މިހާރު އެމަނިކުފާނު ހުރި ހިސާބު ދައްކުވައިދޭ ފޮޓޯއެކެވެ. މިއީ ވެސް ޓްވިޓާގައި ޓްރެންޑް ވެގެން އުޅޭ ކުރިއާއި މިހާރުގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެކެވެ. މިފަދަ އެތައް ފޮޓޯއެއް އެތައް ބަޔަކު ދައުރު ކުރަމުން އެބަގެންދެއެވެ.

ކޮންމެއަކަސް ކުރީގެ ހަނދާންތައް އާކޮށްލުމަށް ފަހު މިހާރުގެ ހާލަތައް ވިސްނާލުމުން ކޮންމެ މީހަކަށް ވެސް ތަފާތު އިހްސާސްތައް ކުރެވޭނެއެވެ. ބައެއް ފަހަރަށް އެއީ ވަރަށް ފޮނި ހަނދާން ތަކެކެވެ. އަނެއްބައި ފަހަރަށް އެއީ ވަރަށް ހިތި ހަނދާން ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާޕެޓް ވަގު

    ފެށުނީ ވައްކަމުން ނިމުނީ ގޮތް ހުސްވެގެން...

    36
    2
  2. ނަމަ

    ފެށުނީ އެގޮތަށް، ކުރިއަށް ދަނީ މިގޮތަށް، ނިމިގެން ދާގޮތް ފެންނާނީ އެއިރު ދުނިޔޭގައި ތިބި ބަޔަކަށް

    41
    1
  3. ތަރައްޤީ

    އަދި އޮތީ ޖަލުގޮޅީގަ، ދެންހުރިމީހާ މިހާރު އުޅެނީ ނުކުމެ އޭނާ ދިޔުން ދެން އޮތީ! އެއީ މިހާރު ޖަލުގޮޅިގައި އޮތްމީހާ ނުކުތީމާ މިއީ ދިވެހި ސިޔާސީ މަސްރަޙު ދައުރުވާގޮތް ކުރިންވެސް މިހާރުވެސް ތަރައްޤީވީ ބަލާ ވީޑިއޯ

  4. ހުސޭނުބޭ

    ވަރަށް މުނާސަބާ ގުޅޭ ފޮޓޯއެއް! އެހުރީ ނައިފަރު މީހުން ރުޅިއައިސްގަނެގެން މީނަ ގަޔަށް ކިސަޑު ޖެހި ފޮޓޯ! ނިމޭނީވެސް ރައްޔިތުން ރުޅިއައިސްގެން މީނަ ހަވަރަށްދީގެން!

    11
    3