މަޝްހޫރު ޓިކްޓޮކް ތަރިންގެ ތެރޭގައި ހިމެނޭ ޕްރަތީކް ޚާތްރީ މަރުވެއްޖެ އެވެ. އޭނާއަކީ މީސް މީޑިއާގައިވެސް ވަރަށް ބޮޑު ފޭން ބޭސްއެއް އޮންނަ އެކަކެވެ.

އޭނާ މަރުވެފައި ވަނީ، ކާރު އެކްސިޑެންޓެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މަރުވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޕްރަތީކް އަކީ މީސް މީޑިއާގައި ބޮޑު ފޭން ބޭސްއެއް އޮންނަ އެކަކު ކަމަށްވާއިރު، އޭނާގެ ވީޑިއޯތަކަކީ މަޝްހޫރު ވީޑިއޯތަކެވެ، އޭނާ ވަނީ އިންޑިއާގެ ބައެއް މަޝްހޫރު ޓިކްޓޮކް ތަރިންނާއެކުވެސް ވީޑިއޯ ނަގާ ޕޯސްޓް ކޮށްފައެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި އެކަނިވެސް 43،2000 ފޮލޯވަރުން އެބަތިއްބެވެ.

އޭނާ މަރުވުމުން، އެކަމުގެ ހިތާމާގައި ގިނަބަޔަކު އޭނާއާއެކު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރަމުން އެބަ ދެއެވެ. އެއްބަޔަކު ބުނާގޮތުގައި، ޕްރަތީކް މަރުވެއްޖެ ކަން ގަބޫލެއްވެސް ނުކުރެވެއެވެ.

އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އާޝިކާ ބާތިޔާ މީސް މީޑިއާގައި ލިޔެފައި ވަނީ، އޭނާ މަރުވެެއްޖެ ކަން ގަބޫލުވެސް ނުކުރެވޭ ކަމަށެވެ.

https://www.instagram.com/p/CGCDCLrnjlV/?utm_source=ig_embed

އޭނާގެ އިތުރުން، ބަވިކާ މޮތްވަނީވެސް ވަނީ ޕްރަތީކް އާއެކު ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

https://www.instagram.com/p/CGB_kEeFR9A/?utm_source=ig_embed

ޓިކްޓޮކްގައި މަޝްހޫރުވި އެހެން ތެރިއެއް ކަަމަަށްވާ އާމިރް ސިއްދީގްވެސް ވަނީ، އޭނާ ނެތުމުން ހިތާމަ ކުރާ ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ މީސް މީޑިއާ މެދުވެރިކޮށް، އެއްގަމު އުޅަނދު ދުއްވާއިރު، ސަމާލުވުމަށް އެދި ނަސޭހަތްތެރިވެސް ވެފައެެވެ.