އުމުރުން 21 އަހަރުގެ މުޑައްސިރް ގުއްޖަރްއަކީ ދުނިޔޭގައި ހުރި އެންމެ ދިގު ކުރިކެޓު ކުޅުންތެރިޔާއެވެ. އޭނާގެ ދިގުމިނުގައި މިހާރު ހަތް ފޫޓު ހަ އިންޗި ހުންނަ އިރު، ސްކޫލް ދައުރުގައި ގިނަ ބައެއްގެ ސަމާލުކަން ވެސް އޭނާ އަށް ވަނީ ލިބިފައެވެ. އެގޮތުން މުޑައްސިރުގެ އުމުރުން 10 އަހަރުގައި އޭނާގެ އިސްކޮޅު ހަ ފޫޓަށް ވުރެ ބޮޑު ކަމަށް އޭނާ ބުނެފައިވާ އިރު މިއީ އެ އުމުރުގެ އެހެން ކުދިންނާ އަޅާބަލާއިރު އިސްކޮޅުގެ ގޮތުން ބޮޑު ތަފާތެކެވެ.

ކުރިކެޓް ކުޅުމަށް ޝައުގުވެރިކަން ހުންނަ މުޑައްސިރު އަށް ވަނީ ލާހޫރް ގަލަންޑާސްއިން ފުރުސަތު ލިބިފައެވެ. އޭނާ އުންމީދު ކުރަނީ ކޮންމެވެސް ދުވަހަކުން ދުނިޔޭގެ ފެންވަރުގައި ޕާކިސްތާނުގެ ޓީމުން އޭނާ ފެނިގެންދާނެ ކަމަށެވެ.

މުޑައްސިރުގެ މައިންބަފައިންނަކީ އާދައިގެ އިސްކޮޅެއް ހުންނަ ބައެކެވެ. އޭނާ އަކީ އާއިލާގެ އެންމެ ހަގު ކުއްޖާއަށް ވާއިރު ދެން ތިބެނީ ދެ ބޭބެ އާއި އެއް ދައްތައެވެ. އޭނާގެ ބައްޕަ ހާޝިމްގެ އިސްކޮޅުގައި ފަސް ފޫޓު ހަ އިންޗި ހުންނަ އިރު މަންމަ، ޕަރްވީންގެ އިސްކޮޅަކީ ފަސް ފޫޓު ތިން އިންޗި އެވެ. މުޑައްސިރުގެ މައިންބަފައިން އޭނާގެ އިސްކޮޅާއި މެދު އުފާވާއިރު އޭނާއަކީ ކުލާހުގައި ވެސް އެންމެ ދިގު ކުއްޖާއެވެ.

https://twitter.com/mynamehuma/status/1314557500310597632?s=21

ޕާކިސްތާނުގެ ލާހޫރަށް އުފަން މުޑައްސިރުގެ މައިންބަފައިން ވަނީ އޭނާ އާދަޔާ ހިލާފަށް ދިގުވާތީ 2017 ވަނަ އަހަރު ހޮސްޕިޓަލަށްވެސް ދައްކައިފައެވެ. ޑޮކްޓަރުން ބުނީ އެއީ ހޯމޯނަލް މައްސަލައެއް ކަމަށެވެ.

މުޑައްސިރު ބުނީ އޭނާ ޕާކިސްތާނުގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކަމަށެވެ. އޭނާއާ ދިމާވާ އެންމެން ވެސް ދަނީ ހިނިތުންވެފައި ކަމަށް މުޑައްސިރު ފާހަގަ ކުރިއެވެ. އޭނާ ބުނީ އާދައިގެ މީހަކަށް ކުރެވޭ އެތައް ކަމެއް އޭނާއަށް ކުރަން އުނދަގޫ ކަމަށާއި ނަމަވެސް މީހުންގެ ސަމާލުކަން ލިބި މަޝްހޫރުވާތީ އުފާކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު