އޮންލައިންކޮށް ދިމާވި ލޯބިވެރިޔާއާ ބައްދަލު ކުރުމަށް 1،500 މޭލު ދަތުރުކޮށްފައި ދިޔަ އަންހެނަކު ބްލޮކްކޮށްފައި ހުރުމުން ލަނޑެއް ލިބިއްޖެއެވެ.

ޖޭސްމިން ޓްރިގަސް ނަމަކަށް ކިޔާ 23 އަހަރުގެ އަންހެނަކު އޭނާގެ ލޯބިވެރިއާއާ ބައްދަލުކުރުމަށް އިންޑިއާނާ އިން ޓެކްސެސްއަށް 1،500 މޭލުގެ ދިގު ދަތުރެއް ކޮށްފައި ދިޔަ އިރު ބްލޮކްކޮށްލާފައިވާ މައްސަލަ މިހާރު މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އޭނާ އޮންލައިންކޮށް ދިމާވި ޖަމާލް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ޖޭސްމިން އާއި ބައްދަލުކޮށްފައި ނުވާ ކަމަށާއި، ޖޭސްމިން ދަތުރަށް ފުރީވެސް އޭނާ ދާކަން އަންގައި ބަލައި އެއާޕޯޓަށް ދިއުމަށް ދައުވަތު ދީފައި ކަމަށް ވެއެވެ.

ޖަމާލްގެ ނަމުގެ އިތުރުން، އިތުރު އެއްވެސް މައުލޫމާތެއް އޭނާއަކަށް ޖަމާލްއާ ގުޅޭގޮތުން އެނގިފައެއް ނެތެވެ. ޖޭސްމިން ފްލައިޓުން ފޭބުމަށް ފަހު އަވަސްވެގަތީ ޖަމާލް ނަމަކަށް ކިޔާ މީހާ އަށް ގުޅުމަށެވެ. ގުޅި އިރު އޭނާގެ ނަންބަރު ބްލޮކްކޮށްލާފައިވާ ކަމަށާއި، ޖޭސްމިންއަށް ޖެހުނީ އެކަނިމާއެކަނި އެއާޕޯޓުގައި މަޑުކުރުމަށް ކަމަށް އޭނާ އާއި ހަވާލާދީ "ޑެއިލީީމެއިލް" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ޖޭސްމިން އަކީ ބޭންކިން ކޮމްޕެނީއެއްގެ ވެރިއެކެވެ. ޖޭސްމިން ބުނެފައި ވަނީ ޖަމާލް އާއި އޭނާ ވާހަކަ ދައްކަމުން އަންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފެއައިވާ ކަމަށާއި، ބައްދަލުކުރުމަށް ޓެކްސެސް އަށް އައުމަށް ދައުވަތު ދިނީވެސް ޖަމާލް ކަމަށެވެ.

"އަހަރެން ދަތުރުކުރި ދުވަހުގެ ހެނދުނުން ފެށިގެން ވާހަކަ ދެއްކިން. އަހަރުމެން ކޮންމެ ދުވަހަކުވެސް އެތައް ވާހަކައެއް ދައްކަން. އެތައް ކަމެއް އެކަކު އަނެކަކަށް ހިއްސާކުރިން. އޭނަ އެހެން ހަދާނެ ކަމަކަށް ކުޑަކޮށްވެސް އުންމީދެއް ނުކުރަން" ޖޭސްމިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    އާދޭ އަހަރެން ކައިރިޔައް އަހަރެން ޖޭސްމިން ބޮލޮކް ނުކޮއް ލޯބިން ބަލާނަން.