ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް މިއީ ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ދުވަސްވަރެކެވެ. ހުރިހާ ސިއްހީ މާހިރުން ލަފާ ދެއްވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށެވެ.

ކަން މިހެން އޮތް ނަމަވެސް، ރާއްޖޭގެ ގިނަ ބަޔަކު، ޙާއްސަކޮށް ޒުވާން އުމުރު ފުރައިގެ ކުދިން ގޭގައި ނުތިބެ، ބޭރުގައި އުޅޭކަމީ އެންމެންނަށްވެސް ފާހަގަވެފައި އޮންނާނެ ކަމެއްކަން ޔަގީނެވެ.

މުޖުތަމައު ތެރޭގައި ވައިރަސް ފެތުރެމުން ގެންދާއިރު ތިމާގެ އާއިލާ އާއި ގާތް ފަރާތްތައް ރައްކާތެރި ކުރުމަކީ ތި ފަރާތްތަކުގެ އަތް މަތީގައި އޮތް ކަމެކެވެ. އެހެންކަމުން ފިނި ބުރުތައް ޖަހަން ނުގޮސް ގޭގައި ތިބެގެން ކޮންމެވެސް އެހެން ކަމެއް ކުރެވިދާނެއެވެ. މިސާލަކަށް ނެޓްފްލިކްސް އިން ފިލްމް ސީރިސް ބަލައި، ނުވަތަ އެނޫންވެސް ކަމެއް ކުރެވިދާނެއެވެ.

ގޭގައި ހިފި ނުހުރެވިގެން އަބަދު ސައިކަލު ބުރުތައް ޖަހަން ދާ ފަރާތެއް އެނގޭ ހެއްޔެވެ؟ އެހެން ވެއްޖެ ކަމުގައި ވަނީނަމަ. އެފަރާތްތަކަށް ގޭގައި ތިބުމަށް ބާރު އަޅާށެވެ. އެފަރާތްތަކަށް ވިސްނުވައިދީ، ގޭގައި ތިބުމަށް ބާރު އެޅުމަކީ އަހަރެމެން އެންމެންގެ ފަރުދީ ޒިންމާ އެކެވެ. މިފަދަ ނުރައްކާތެރި ވައިރަސް އެއް ނައްތާލެވޭނީ މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންކަން ހަނދާން ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަހީކް

    މަ

    2
    1
  2. ޙހހހ

    ގޭގައި މައިތިރި ނުވެގެން އެބައުޅޭ ނިކަމެތިންވެސް ، އެމީހުންނަަކަށް ނެތް އިތުރު ގޮތެއް ، ގޭގައި ބޮޑު ސޯފާ ބަޔަކު ތިއްބަސް ނިކަމެތިންނަށް ދިރި އުޅެވެނީ ދާއޮހޮރުވާގެން ކުރާ މަސައްކަތުން

    14
  3. މަ

    ޝިރޫ މެން

  4. ފައްޔާޒު

    1. މަރިޔަމް ޝާާނީ
    2. ކެނެރީގޭ ނަޝީދު
    3. ކިނބޫ ސާލިހް

    17
    4
    • އަލި

      ހަމަ ވ ބޮޑު ތެދެއް.... ލާދީނީ ކަލޭގެ ގޭގައި މައިތިރި ނުވެގެން މީހުންގެ ތެރެއަށް މާސްކު ނާޅާ ނުކުމެގެން ދުވިޔަސް ޕޮލިހަކަށްވެސް ވާކަމެއް ނެތް...

      2
      1
  5. ހުސޭނުބޭ

    އެއީ ރެވިތެޔޮ ލައިގެން އުޅޭ މީހުން!

    11
    1