އެމީހަކު ލޯބިވާ މީހަކު މި ދުނިޔެ ދޫކޮށް ދިޔުމުގެ ހިތްދަތިކަން އުމުރުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެ މީހަކަށް ވެސް ކުރިމަތިލާން ޖެހެއެވެ. މިކަމުގެ ހިތާމައިގައިވާ މީހަކު ފެނުމުން އެ މީހަކާއި މެދު ޢަމަލު ކުރަންޖެހޭނެ ގޮތް ވެސް ތަފާތުވާނެއެވެ.

ވަކީން ހާއްސަކޮށް ދަރިފުޅު މަރުވެފައިވާ މީހުންނާއި މާބަނޑު މީހުންނާއި ވާހަކަ ދެއްކުމުގައި ސަމާލުވާން ޖެހޭނެއެވެ. އެމީހުންގެ ހިތްހަމަ ޖައްސައިދިނުމަށް ވާހަކަ ދެއްކުމުގައި ވެސް ބުނެވޭ ބަސްތަކަށް ފަރުވާތެރިވާށެވެ.

އެފަދަ މީހުންގެ ހިތާމަ ތިބާ ތަހައްމަލު ކޮށްފައިނެތް ނަމަވެސް އެ މީހުން ބޭނުންވެއްޖެ ހާލަތެއްގައި އެ މީހުންނަށްޓަކައި ތިބިކަން އަންގައިދޭށެވެ.

މި ހާލަތުގައި ތިބޭ މީހުންނާއި ވާހަކަ ދެއްކުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް:

އެ ހާލަތުގައި އޭނާގެ ދިރިއުޅުމުން ނުދާށެވެ.

ކައުންސެލާ ކަރެން ބާގެސް ބުނެފައިވަނީ މާބަނޑުވުމުން ނުުވަތަ ބައިގެންދާ މީހުންނާއި މީހުން ދުރުވެއެވެ. ގިނަ މީހުންނަށް އެ މީހުންގެ އެ ހިތާމައިގައި ބައިވެރިނުވެވެއެވެ. ނަމަވެސް މި ވަގުތަކީ ތިބާއަށް އެމީހުން އެންމެ ބޭނުންވާނެ ވަގުތެވެ.

އެމީހުން ދައްކާ ވާހަކަ އަޑުއަހާށެވެ.

ވިހަންވެފައި އިން މީހަކު ނުވަތަ ބައިގެން ގޮސްފައިވާ މީހަކަށް ދިމާއަށް ބުނާނެ ރަނގަޅު ބަހެއް ނޭނގުނު ނަމަވެސް އެ މީހުން ދައްކާ ވާހަކަތައް އަޑު އެހޭނެއެވެ. އެ މީހުންގެ ދަރިފުޅާއި ބެހޭ ގޮތުން ދައްކާ ވާހަކަތައް ކަނުލައި އަޑުއަހާ އެމީހުން ހިތްހަމަ ޖައްސައިދޭށެވެ.

ސުވާލު ކުރާށެވެ.

ވާހަކަ ދެއްކުން ފަށާނެ ގޮތެއް ނޭނގޭނަމަ އެކަމާއި ބެހޭ ގޮތުން އެމީހުން ދައްކަން ބޭނުންވާ ވާހަކަތަކަކީ ކޮބައިތޯ ސުވާލު ކުރާށެވެ.

ހިތްވަރު ދޭށެވެ.

އެެމީހުން ހިތްހަމަ ޖެހޭ ބަސްތައް ބުނާށެވެ. އެއީ އެމީހުންނަށް ހިތްވަރު ލިބޭނެ ކަމެކެވެ.

މި ހާލަތުގައި ތިބޭ މީހުންނަށް ކޮށްގެން ނުވާނެ ކަންތައްތައް:

އެހެން ކުއްޖަކު ހޯދިދާނެ ކަމަށް ނުބުނާށެވެ. ދަރިފުޅު މަރުވުމުގެ ހިތާމަ ތަހައްމަލު ކުރަމުންދާ ބައެއް ފަރާތްތަކުން ބުނަނީ އެހެން ބުނުމުގެ ބަދަލުގައި އެެއްވެސް އެއްޗެއް ނުބުނެ އެމީހުން ދައްކާ ވާހަކަ އަޑުއެހުމުން މާ ބޮޑަށް ވެސް ހިތްހަމަޖެހޭ ކަމަށެވެ.

މާބަނޑު މީހުންނާއި ބައިގެން ގޮސްފައިވާ މީހުންނާއި އަޅާލާށެވެ. އެމީހުން ކުރަމުންދާ ހިތާމަ އެނގޭނީ އެފަދަ ކަމެއް ކުރިމަތިވެފައިވާ މީހަކަށެވެ.