މޭގަން މާކެލް އާއި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ކައިވެނި އިއްޔެ ކުރެވިއްޖެއެވެ. އެތައް މިލިއަން ބަޔަކު ޓީވީ އިން ވެސް އެމަންޒަރު ބެލިއެވެ. ކައިވެނީގެ ރަސްމިއްޔާތު އޮތް ސަަރަހައްދުގެ މަގުތަކަށް ވެސް އެތައް ހާސް ބަޔަކު ނިކުމެ މޭގަން އާއި ހެރީގެ ހަރަކާތްތައް ބެލިއެވެ.

ޓީވީ އިން މޭގަން އާއި ހެރީގެ ކައިވެނި ބަލަން ތިބި މީހުންނަށް އެންމެ ބޮޑު "ހިތާމައެއް" އިހްސާސް ކުރެވުނީ ކައިވެނީގެ ހަފްލާގައި މޭގަންގެ މަންމަ ޑޯރިއާ ރެގްލަންޑް ވަރަށް އެކަނިވެރިކޮށް އިނީމައެވެ. ޑޯރިއާގެ ކައިރީގައި އެއްވެސް މީހަކު އީށީންދެގެން ވެސް ނެތެވެ. މުޅި ކައިވެނި ހަފްލާގައި ވެސް އޭނާ އިންނަން ޖެހުނީ އެކަންޏެވެ.

ޑޯރިއާ ކައިވެނި ހަފްލާގައި އެކަނި އިންނަން ޖެހުމުން ވަރަށް ގިނަ މީހުން ޓްވިޓާގައި ވަނީ އެކަމާއި ސުވާލު ކޮށްފައެވެ. ޑޯރިއާ މޭގަންގެ ކައިވެނި ހަފްލާގައި އެކަނި އިންނަން ޖެހުނީ މޭގަންގެ އާއިލާ މެންބަރަކަށް ކައިވެނި ހަފްލާގައި ބައިވެރިވީ ޑޯރިއާ އެކަނި ކަމަށް ވާތީއެވެ.

ކައިވެނި ހަފްލާގައި މޭގަންގެ އާއިލާ މެންބަރަކަށް ޑޯރިއާ އެކަނި ބައިވެރިވާން ދިމާވީ މޭގަންގެ ބައްޕަ ތޯމަސް މާކެލް އާއި މޭގަންގެ ދައްތަ ސަމަންތާ ގްރާންޓް އަށް ވެސް ކައިވެނި ހަފްލާއަށް ނާދެވުމުންނެވެ. މޭގަންގެ ބައްޕަ ތޯމަސް އަށް ކައިވެނި ހަފްލާއަށް ނާދެވުނީ ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުންނެވެ. ސަމަންތާ އަށް ކައިވެނި ހަފްލާ އަށް ނާދެވުނީ އެކްސިޑެންޓްވެ ފަޔަށް އަނިޔާ ވުމުންނެވެ. މޭގަންގެ ބޭބެއެއް ހުރި ނަމަވެސް އޭނާ އަށް ކައިވެނި ހަފްލާ އަށް ދައުވަތު ދީފައެއް ނުވެއެވެ.

މޭގަންގެ އާއިލާ އަކީ މައްސަލަތަކެއްގެ ތެރޭގައި އުޅޭ އާއިލާ އެކެވެ. މޭގަންގެ އުމުރުން ހައަހަރުގައި އޭނާގެ މަންމަ އާއި ބައްޕަ ވަނީ ވަރިވެފައެވެ. އޭގެފަހުން ދެމީހުންގެ ދެމެދުގައި އެއްވެސް ގުޅުމެއް ނޯވެއެވެ. މޭގަންގެ ބޭބެ ތޯމާސް ޖޭއާރް ވަނީ މޭގަން އާއި ކައިވެނި ނުކުރަން އެދި ޕްރިންސް ހެރީ އަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރީ

    ދައްތައަށްވެސް ދައުވަތު ނުދޭ. އާއިލާގެ އެހެން މީހުނަށްވެސް ދަޢުވަތު ނުދޭ

    • ގަމާރު

      ތިޔައީ މޭގަން ދޯ

  2. ފައިޒް

    އިނގިރޭސި ޝާހީ އާއިލާގެ ހަގީގީ މަންޒަރަކީ ތަީ ކޮންމެ ތަނެއް ކޮންމެ ބައެއްވެ މެދުގައި ފިތުނަ އުފައްދާ އިނގިރޭސިން ގެ ބޮލުގަ ތެތްގޯނި އަޅުވާގެން ރަސްކަމުގެ ތަހުތު ބޮނޑިކޮށް ގައުމުގެ ޚަހާޒާއިން ކާލަ ކާލަ ތިބުން...

  3. ހެހެހެ.

    ކަޅުނަސްލުގެ މީހެއްވީމަ. އެ ރާނީ ފުރޭތަގެ މޫނަށް ބަލާލީމަ އެނގޭނެ ހަގީގަތް. އެ ބުރިޓިޝް އާއިލާއިން ތޯޗެ މޭގަން ބައްޕަ ބަލިކޮށްލީ، ޕާޓީގެ ހަފްލާއަށް ނުގެއުމަށް. ޑައާނާ މަރާލި ބައިގނޑު.