ސަނީ ލިއޯނީ އާއި އޭނާގެ އާއިލާ އެމެރިކާގެ ލޮސްއެންޖެލިސް އަށް ބަދަލުވެފައިވާ އިރު އޭނާ ދަނީ އެ ސިޓީގެ ހިތްގައިމުކަން އަމިއްލައަށް ތަޖުރިބާ ކުރަމުންނެވެ. އެގޮތުން އިއްޔެ ސަނީ ލިއޯނީ ވަނީ ލޮސްއެންޖަލިސްގައި ހުންނަ ހޮލީވުޑް ލެންޑް މާކް ބަލާލަން ގޮސްފައެވެ. ސަނީ ލިއޯނީ އެތަނުގައި ހުރެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާ ކުރަމުން ބުނީ އެތަން ބަލަން އައި ވަގުތު ހަމަވެއްޖެ ކަމަށާއި ދާންޖެހޭ ވަގުތު ޖެހިފައިވާ ކަމަށެވެ.

މަޑު ނޫކުލައިގެ ހެދުމަކާއި ކަޅު ހަރުވާޅެއް ލައިގެން މާސްކު އަޅައިގެން ސަނީ ލިއޯނީ ލާފައި އިން ފޮޓޯގައި އޭނާގެ ފަހަތުން ހޮލީވުޑް ލެންޑް މާކް ފެންނަން ހުރެއެވެ.

https://www.instagram.com/p/CGcuwnJDvkY/?igshid=ichzew7lk0ba

ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ސަނީ ލިއޯނީ ލޮސްއެންޖެލިސް އަށް ބަދަލުވެފައި ވަނީ އޭނާގެ ފިރިމީހާ، ޑެނިއަލް ވެބަ އާއި ކުދިން، ނޯހް، އާޝާ އަދި ނިޝާ އާއި އެކުގައެވެ.

އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސަނީ ލިއޯނީ ބުނީ އޭނާ މުމްބާއީ ދޫކޮށް ލޮސްއެންޖަލިސް އަށް ދިޔައީ ފިރިމީހާގެ ހައްގުގައި ފިރިމީހާގެ އާއިލާއާއެކު އުޅުމަށް ކަމަށެވެ. އިންޑިއާގެ މުމްބާއީ ސިޓީ ދޫކޮށް އެމެރިކާގެ ލޮސް އެންޖެލިސްއަށް ދިރިއުޅުން ބަދަލުކުރަން ދަތިވި ކަމަށް އޭނާ ބުންޏެވެ.

ސަނީ ލިއޯނީ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޖިސްމު 2، ހޭޓް ސްޓޯރީ 2، ރަގިނީ އެމްއެމްއެސް 2 އަދި އެކް ޕެހެލީ ލީލާ ފަދަ ފިލްމުތައް ހިމެނެއެވެ.