ފަސް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، ބޮލީވުޑް އެކްޓްރެސް ސޯނަމް ކަޕޫރާއި އާނަންދު އަހުޖާ ކައިވެނި ކޮށްފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގައެވެ. ކައިވެންޏަށްފަހު ސޯނަމް ކެނެސް ފިލްމު ފެސްޓިވަލް އަށް ދިޔަ ނަމަވެސް، މިހާރު އޭނާ ވެސް އެނބުރި އައިސް، ފިރިމީހާ އާނަންދު އާއިއެކު ވަގުތުތައް ހޭދަ ކުރަން މިވަނީ ފަށާފައެވެ.

މިގޮތުން މީގެ ކުރިން މިދެމަފިރިންގެ ވީޑިއޯއެއް ސޯނަމް މީސްމީޑިއާގައި އާންމުކޮށްފައިވާއިރު، މިހާރު ގިނަ ބަޔަކު ދައްކާ ވާހަކައަކީ އެދެމަފިރިން ރެސްޓޯރެންޓަކަށް "ރޮމޭންޓިކް ޑިނާރ ޑޭޓް"އަކަށް ދިޔަ ވާހަކައެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން ދާ ފޮޓޯތަކުން ފެންނަ ގޮތުގައި ސޯނަމް ހުރީ ހުދު ކުލައިގެ ތަންކޮޅެއް ބޮޑު ޓީޝާޓަކާއި ފެހި ލެގިންސް އެއް ލައިގެންނެވެ. އާނަންދު ވެސް ވަރަށް "ކެޝުއަލް"ކޮށް ހުރިއިރު، އޭނާ ހުރީ ރީނދޫ ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއްގައެވެ.

Photos,Sonam Kapoor,anand ahuja

މި ދެމަފިރިން މިފަދަ ގޮތަކަށް ފެނުމުން އެއީ ހަމަ "ޕާފެކްޓް ކަޕްލްސް" ގެ މިސާލެއް ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

ކައިވެންޏަށްފަހު ދިރިއުޅުން ބަދަލުވިތޯ މީޑިއާއަކުން ކުރި ސުވާލަށް ޖަވާބުދެމުން ސޯނަމް ބުނެފައިވަނީ މިފަދަ ސުވާލުތައް ކުރާތީ ދެރަވާ ކަމަށާއި ކައިވެންޏަށްފަހު ވެސް އެއްވެސް ކަމެއް ބަދަލެއް ނުވާނެ ކަމުގައެވެ.

"ވަރަށް ގިނަ އެކްޓްރެސް އިންގެ ދިރިއުޅުން ބަދަލުވޭ ކައިވެންޏަށްފަހު. މީސްމީޑިއާގައި އެފަދަ ފަރާތްތަކުން އެކަން އާންމުކޮށްފަވެސް އެބަ ހުރި. އެކަމަކު އަހަރެންގެ ދިރިއުޅުން ބަދަލެއް ނުވާނެ. ކުރިން ކުރަމުން އައި ކަންތައްތަކަށްވެސް އާނަންދު ހުރަހެއް ނާޅާ،" ސޯނަމް ބުނެފައިވެއެވެ.

ސޯނަމް މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ވީރް ޑީ ވެޑިން"ގެ ޝޫޓިންގގައެވެ. ހަމައެގޮތަށް އާނަންދުވެސް އޭނާގެ ވިޔަފާރީގެ ކަންތައްތަކުގައި އަވަދިނެތި އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.