ކޮންމެ މީހަކަށް ވެސް އެންމެ މުހިންމީ އެމީހެއްގެ ފުރާނައެވެ. ނަމަވެސް ފަހަކަށް އައިސް މީސް މީޑިއާގައި އެހެން މީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި ފުރާނަ ނުރައްކަލަށް ހުށަހަޅާ މީހުން މަދެއް ނޫނެވެ.
މަތީގައި އެވާ ފޮޓޯއިން ފެންނަ ސައުދީ އަރަބިއްޔާގެ ޒުވާނާ އަކީ ވެސް ތަފާތު ވީޑިއޯތައް އާންމު ކޮށްގެން މީހުންގެ ސަމާލުކަން ހޯދާ މީހެކެވެ. އޭނާ މިފަހަރު މީހުންގެ ސަމާލުކަން ހޯދަން ކުރި ކަމަކީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ބޮޑު ޓްރަކެއްގެ ކުރިމައްޗަށް އެރުމެވެ.
ޓްރަކް ދުއްވާފައި އައި ބާރުމިނުގެ ސަބަބުން އޭނާ ޓްރަކްގެ ދަށުވާނެ ކަމަށް ބެލެވުނު ނަމަވެސް ވަރަށް ބޮޑަށް އޭނާގެ ހަރަކާތް އަވަސް ވުމުން ޓްރަކްގެ ދަށު ނުވެ ވަނީ ސަލާމަތްވެފައެވެ.
އެވީޑިއޯ އާންމު ކުރުމަށް ފަހު އޭނާ ބުނެފައި ވަނީ ފުރާނައަށް ވުރެ އެވަގުތު މުހިންމުވީ މޮޅު ސްޓަންޓެއް ހަދައިގެން ވީޑިއޯއެއް ރެކޯޑް ކޮށްލުން ކަމަށާއި އެކަން ކާމިޔާބު ވެއްޖެ ކަމަށެވެ.
https://www.youtube.com/watch?v=OwV5AZMxJVI
ނަމަވެސް ސައުދީ އަރަބިއްޔާގެ ފުލުހުން މިހާރު ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ހަމައެއް ނޫން ސައުދީގެ ޒަޔަނިސްޓް ވެރިން ފަދައިން ހަމައެއް ނޫން !
ވީޑިއޯ އިން ފެންނަ ލިޔުމުގައި ވަނީ އޭނާ ހައްޔަރުކޮށްފައިވާކަމަށް......