ބޮލީވުޑުގެ މަޝްހޫރު ބަތަލް ރިތިކް ރޯޝަން އިންޑިޔާގެ ޖުހޫ ވާސޮވާ ލިންކް ރޯޑުގައި ހުންނަ އިމާރާތެއްގެ 14، 15 އަދި 16 ވަނަ ފަންގިފިލާ ގަނެފުިއެވެ. މި ފަންގިފިލާތަކުގައި ހުންނައިރު އެރަބިއަން ސީގެ ހިތްގައިމު މަންޒަރުތައް ފެނެއެވެ.
ރިތިކް މި ހިތްގައިމު އެެޕާޓްމަންޓްތައް ގަނެފައިވަނީ ގާތްގަނޑަކަށް 100 ކުރޯރު ރުޕީސްއަށް ކަމަށް އިންޑިޔާގެ ނޫހެއްކަމުގައިވާ މުމްބާއީ މިރާގައި ބުނެފައިވެއެވެ.
މި ތިން އެޕާޓްމެންޓުގެ ތެރެއިން އެއް އެޕާޓްމަންޓަކީ ޕެންޓްހައުސްއެކެވެ. މި އެޕާޓްމަންޓްތައް ގަތުމަށްފަހު ހުރިހާ އެޕާޓްމަންޓްތައް އެެއްކޮށްލާނެ ރިތިކް ބުނެފައިވެއެވެ.
އެރަބިއަން ސީގެހިތްގައިމު މަންޒަރުތައް ފެންނަ މި އެޕާޓްމެންޓަކީ 38،000 ސްކޮޔާފީޓުގެ ބޮޑު ތަނެކެވެ. މި އިމާރާތުގެ ޕާކިން ސަރަހައްދުގެ 10 ސްލޮޓް ވެސް ގަނެފައިވެއެވެ. އަދި މި ތަނުގައި ޓެރެސްއެއް ވެސް އޭނާ ހަދާނެކަމަށް ރިޕޯޓްތަކުން ބުނެފަައިވެއެވެ.
97.50 ކްރޯރު ރުޕީސްއަށް ގަނެފައިވާ މި ގެއަށް ދީފައިވާ ނަމަކީ ''މަންނަތު''އެވެ.
މި އިމާރާތް ގަތުމަށް 1.95 ކްރޯރު ރުޕީސް ވަނީ ސްޓޭމްޕް ޑިއުޓީގެ ގޮތުގައިި ދައްކައިފައެވެ. ރިތިކް ވަނީ މި އެޕާޓްމަންޓް ދެ ފަހަރަށް ރަޖިސްޓްރީ ކޮށްފައެވެ.
27.534.85 ސްކޮޔާފީޓްގެ ދެ އެޕާޓްމަންޓަށް ދައްކައިފައިވަނީ 67.50 ކްރޯރް ރުޕީސްއެވެ. އަދި 11،165 ސްކޮޔާފީޓުގެ އެޕާޓްމަންޓަށް ދައްކައިފައިވަނީ 30 ކްރޯރު ރުޕީސްއެވެ.
މި އެޕާޓްމަންޓްތައް ގަތުމަށް އެއްބަސްވުންތައް ވެފައިވަނީ މިދިޔަ މަހުއެވެ. ނަމަވެސް ފައިސާ ދައްކާފައިވަނީ ދާދި ފަހުންނެވެ.
ރިތިކް ރޯޝަންގެ މަސައްކަތަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ ޓައިގަރ ޝްރޯފްއާއި ވާަނީ ކަޕޫރާއިއެެކު ''ވަރ''އިންނެވެ. ދެން އެންމެ އަވަހަށް ރިތިކް ފެނިގެންދާނީ ކްރިޝް 4 އިންނެވެ.
ދެން އަހަރުމެން ކީއްކުރާނީ!!!
ޝާހްގެ ގެޔަށްވެސް ކިޔަނީ މަންނަތު އެތާގަ ދެގެޔަށް އެއް ނަން ކިޔޭ ދޮއްތަ