ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުއަކީ ބޮލީވުޑްގައި އެންމެ ބާރަށް އަރަމުން އައި ތަރިންގެ ތެރޭގައި ހިމެނޭ އުންމީދުން ފުރިގެންވާ ފަންނާނެކެވެ. އޭނާއަކީ އާންމުންނާއި ކްރިޓިކްސްގެ ވެސް ލޯބި ހޯދާފައިވާ ކުޅަދާނަ އެކްޓަރެކެވެ. ސުޝާންތުގެ ކުރު ފިލްމީ ހަޔާތުގައި އޭނާ ކުޅުނު އެމްއެސް ދޯނީ، ޗިޗޯރޭ، ޕީކޫ ފަދަ ފިލްމްތަކުން އޭނާ އަށް އެތައް ބައެއްގެ ތަރުޚީބު ލިބުނު އިރު އަބަދުވެސް އާންމުންގެ ތައުރީފް އޭނާއަށް ކެނޑިނޭޅި ލިބެމުންދެއެވެ.
އެހެންކަމުން ޖޫން 14 ވަނަ ދުވަހު އޭނާ ދަންޖެހުނު ވާހަކަވީ ހުރިހާ އެންމެންނަށް ވެސް ހަޖަމްކުރަން ދަތިވި ކަމަކަށެވެ. އަދި ސުޝާންތު ދަން ޖެހުނު ސަބަބު އެނގޭނެ ފަދަ ލިޔުމެއް ނޫނީ މެސެޖެއް މިއަދާއި ހަމައަށް ވެސް ލިބިފައި ނުވުމުން އިތުރަށް ސުވާލު އުފެދިގެން އައި އިރު އޭނާގެ މަރާއި ގުޅިގެން އެންމެ ބޮޑު ތުހުމަތުތަކެއް ކުރެެވެނީ އޭނާގެ ލޯބިވެރިޔާ، އަދި އެކްޓަރ ރިޔާ ޗަކްރޮބަތީ އަށެވެ.
ސުޝާންތު މަރުވުމުގެ ކުރިން ޑިޕްރެޝަން އަށް ބޭސްކުރަމުން އައިކަން ރިޕޯޓްތަކުން އެނގޭ އިރު، ސުޝާންތުގެ މަރަކީ ދަންޖެހިގެން މަރުވުމުގެ މައްސަލައެއްކަމާއި މެދު އާއިލާ އާއި މީޑިއާއިން ސުވާލު އުފައްދައެވެ.
އޭނާ އަށް ކުރެވޭ ޝައްކުތަކުގެ އެއް ސަބަަބަކީ ސުޝާންތު މަރުވުމުގެ ދުވަސްކޮޅެއް ކުރިން ޖޫން 8ގައި ސުޝާންތުގެ ގެ ދޫކޮށް ރިޔާ ދާން ޖެހުނު ސަބަބު އޮޅުން ފިލާފައި ނުވުމެވެ.
ރިޔާގެ ވަކީލް ވަނީ މިހާރު އޭނާ ގެ ދޫކޮށް ދިޔަ ސަބަބު ހާމަކޮށްފައެވެ. ރިޔާ މިހާރު ސުޝާންތުގެ ދައްތަ ޕްރިއަންކާ ސިންގ އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ވާހަކަދައްކަމުން ރިޔާގެ ވަކީލް ބުނީ ޖޫން 8 ވަނަ ދުވަހު ސުޝާންތު އާއި ރިޔާ އާއި ޒުވާބު ކުރީ ސުޝާންތުގެ ދައްތަ އޭނާ އަށް ދިން ބޭސްތަކަކާއި ގުޅިގެން ކަމަށެވެ.
"އެ ބޭސް ސިޓީ ވަނީ ފޯޖުކޮށްފައި. ޖޫން އަށެއް ގައި މިކަމާއި މެދު ރިޔާ ވަނީ ސުޝާންތު އާއި ވާހަކަދައްކާފައި. ފަސް 5 ޑޮކްޓަރުން އެންގި ސުޝާންތު އަށް އެ ބޭސްތައް ނުކާން. އެއީ އޭނާގެ ނަފްސާނީ ހާލަތު ހުރި ގޮތުން އަދި އޭނާ ޑްރަގް ބޭނުން ކުރާކަން އާއިލާ އަށް އެނގޭ. މި ވާހަކަ ސުޝާންތު އާއި ރިޔާ ދެއްކުމުން އެނާ ޤަބޫލެއް ނުކުރި. އެހެންވެ އެގެއިން ދާޏް މަޖުބޫރުވީ." ރިޔާގެ ވަކީލް ބުުނެފައި ވެއެވެ.
ރިޔާ މޮޅުވާހަކައެއް ހަދާލީ ދޯ.
މަކަރުވެރިކަމުން ފުރިގެންވާ އަންހެނާ ކޮންދޮގެއްހަދާކަށް ކަލޭ އާއި މަހޭޝްބަޓް އާދެމެދު
އޮތީ ކޮން ލޯބީގެގުޅުމެއްތަ؟؟ ލާރި ގެ ފަހަތުން ދުވާގޯލްޑްޑިގަރ
ޤަބޫލް ކުރެވޭ. މިޒަމާނުގައި އެއްބަނޑު އެއްބަފާ މީހުންވެސް ތިމާ މަރަން ސިއްރުން އުޅެފާނެ. ޖެލަސީ !
ޔޫސުފް ގެފާނު ވާހަކަ ކިޔާބަ
ޝުކުރިއްޔާ.
މި ސުސާންތު ނޫން މީހަކު މަރު ނުވަނީތަ
ޢަމިއްލައަށް