ބޮލުން އިސްތަށި ފޭބުމުގެ މައްސަލައަކީ ވަކި އުމުރު ފުރާއެއްގައި ދިމާވާ ކަމެއް ނޫނެވެ. އެކި އުމުރުފުރާ އަށް ނިސްބަތްވާ ގިނަ މީހުންނަށް ދިމާވާ މައްސަލައަށް އަވަސް އަދި އެކަށޭނެ ހައްލެއް ލިބުމަކީ ކޮންމެ މީހަކު ވެސް ކުރާނެ އުންމީދެކެވެ. ބޮލުން އިސްތަށި ފޭބުމުން ސަލާމަތްވުމަށް ތަފާތު އެކި ބާވަތުގެ އެއްޗެހި އިސްތަށިގަނޑުގައި އުނގުޅާ، މޮޅު ޕްރޮޑަކްޓްތަކަށް އެތައް ހޭދައެއް ކުރެއެވެ.

އެގޮތުން ބޮލުގައި އުނގުޅުމަށް ޝޭމްޕޫ، ހެއާ ކޮންޑިޝަނާ އަދި ތަފާތު ބާވަތްތަކުގެ ކްރީމް އުނގުޅައިގެން ވެސް މިކަމަށް ހައްލު ލިބޭ ގޮތް ނުވުމުން އަނެއްކާވެސް ދަނީ އާ ޕްރޮޑަކްޓަކާ ދިމާއަށެވެ.

ބޮލުން އިސްތަށި ފޭބުމަށް ދާއިމީ ހައްލެއް ބޭނުންވާ ނަމަ އެންމެ ރަނގަޅު ގޮތަކީ އާމަނަކަ ތެޔޮ ބޭނުން ކުރުމެވެ. އެތައް ފައިދާތަކެއް ހިމެނޭ މި ތެލަކީ ވިޓަމިން އީ އާއި ޕްރޮޓީންސް އަދި މިނަރަލްސް ހިމެނޭ މުއްސަނދި ތެލެކެވެ. އަދި އެ ތެލުން އިސްތަށިގަނޑު ވަރުގަދަވުމުގެ އިތުރުން ބޮލުން ހަންފޮޅުން ހައްލުވުމުގެ އިތުރަށް އިސްތަށިގަނޑު ދިގުވުމަށް ވެސް އެހީވެދެއެވެ.

އާމަނަކަތެލުން ލިބޭ ފައިދާތަކަށް ބަލާ ނަމަ އިސްތަށި ފޭބުމުން ދުރުކޮށްދީ، އިސްތަށިގަނޑު އަވަހަށް ދިގުވުން، ހަންފޮޅުމުގެ މައްސަލަތަކަށް ހައްލު ލިބުމާއި، އުކުނު ނޭޅުން އަދި ބޮލުގެ އިސްތަށިގަނޑު ދިގުވުން ހިމެނެއެވެ.

ބޮލުގައި އާމަނަކަ ތެޔޮ ހާކާ އިރުވެސް ވިސްނަން ޖެހެއެވެ. އެއީ އިނގިލިން ނުވަތަ ބުރުހެއް ބޭނުންކޮށްގެން އިސްތަށިގަނޑުގައި ތެޔޮ ހޭކުމާއި، ތެލުން މަސާޖުކުރުމެވެ. އަދި އިސްތަށިގަނޑުގައި ރަނގަޅަށް ތެޔޮ އުނގުޅުމަށް ފަހު ހޫނު ފެނުން ތެންމާލުން ރަނގަޅެވެ. އެއަށް ފަހު ކުޑަކޮށް ތެތް ތުވާއްޔަކުން އިސްތަށިގަނޑު ފޮރުވާފައި ވަކި ވަގުތެއް ވަންދެން ބެހެއްޓުމަށް ފަހު އިސްތަށިގަނޑު ދޮވެލާށެވެ.

ކިޔުންތެރިންގެ ހިޔާލު