ބޭނުންވާ ތަކެތި: (ހަތަރު މީހުންނަށް)

1 މެންގޯ ޕަލްޕް

1 ޖޯޑު ކާށި ކިރު

1 ޖޯޑު ފްރެޝް ކްރީމް

1 ½ ޖޯޑު ޖެލަޓިން

1/3 ޖޯޑު + 2 މޭޒުމަތީ ސަމުސާ ހަކުރު

ވެނީލާ އެސެންސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތައްޓެއްގެ ތެރެއަށް ޖެލަޓިންކޮޅު އަޅާލާށެވެ. އެއަށްފަހު، އޭގެތެރެއަށް 1 މޭޒުމަތީ ސަމުސާ ހޫނު ފެންފޮދެއް އެޅުމަށްފަހު، ބަހައްޓާށެވެ.

ދެން، ތެއްޔެއްގެ ތެރެއަށް ކްރީމްކޮޅު އެޅުމަށްފަހު ހޫނުކޮށްލާށެވެ. ދެން، އޭގެތެރެއަށް ހަކުރުކޮޅާއި ކުޑަ ވެނީލާ އެސެންސްކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި، ރަނގަޅަށް ހޫނުކޮށްލާށެވެ.

އޭގެފަހުން، މެންގޯ ޕަލްޕްކޮޅު ވަކި ތައްޓެއްގެ ތެރެއަށް އަޅާށެވެ. ހަމަ އެގޮތަށް، ކާށި ކިރުފޮދުވެސް ވަކި ތައްޓަކަށް އަޅާށެވެ. އަދި ޖެލަޓިންގެ ދެބައިކުޅަ އެއްބައި އަނބު ތައްޓަށް އަދި އަނެއް ބައި ކާށި ކިރު ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް ގިރުވާލާށެވެ. އެއަށްފަހު، ކްރީމް ތެލީގައި ހުރި ބައިވެސް، ދެބައިކޮށްލުމަށްފަހު، އެއްބައި އަނބު ތައްޓަށް އަދި އަނެއް ބައި ކާށި ކިރު ތައްޓަށް އަޅާ މިކްސް ކޮށްލާށެވެ.

އެއަށްފަހު، ކުޑަ ބިއްލޫރި ތައްޓަކަށް އަނބުކޮޅުގެ ލޭޔަރ އެއް އެޅުމަށްފަހު ބައިގަޑުއިރު ވަންދެން، އައިސް އަލަމާރިއަށް ލައި ފިނިކުރާށެވެ. އަދި، އެއަށްފަހު، އަނބުގެ ލޭޔަރ މަތީގައި ކާށި ކިރުގެ ލޭޔަރ އެއް އެޅުމަށްފަހު، ބައިގަޑިއިރު ވަންދެން ފިނި ކުރާށެވެ. މިގޮތަށް، ބޭނުން ވަރަކަށް ލޭޔަރ އެޅިދާނެއެވެ.