ދާދިފަހުން ބޭއްވި އިނގެިރޭސި ޕުރިންސް ހެރީއާއި މޭގަން މާކަލްގެ ކައިވެނީގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް ފޮޓޯއަކަށް މި ފޮޓޯ ވެގެންދިޔައެވެ. 10 ކުދިން ކައިރީގައި މޭގަން އަދި ޕްރިންސް ހެރީ ނަގާފައިވާ މިފޮޓޯ ނެގުމުގައި މި ފޮޓޯ ނެގި ފޮޓޯގްރާފަރު ގެންގުޅުނު އުކުޅުތައްވަނީ ކިޔާދީފައެވެ.

ރޯޔަލް ވެޑިންގައި ފޮޓޯ ނެގި ފޮޓޯގްރާފަރުކަމަށްވާ އެލެކްސީ ލުބޯމިރްސްކީ ބުނެފައިވަނީ މިފޮޓޯ ނެގުމަށް އޭނާ ރިޝްވަތުގެ ގޮތުގައި މި ކުދިންނަށް ދީފައިވަނީ މެޓައެއް ކަމަށެވެ. އުމުރުން 2 އަހަރުން ފެށިގެން 7 އަހަރުގެ 10 ކުދިން ފޮޓޯއެއް ނަގަން އެއް ގޮތަކަށް ނުތިބޭނެކަން ކުރީބައިގައިވެސް އެނގޭ ކަމަށްބުނެ އެލެކްސީ ބުނެފައިވަނީ މިފޮޓޯތައް ނެގުމުގެ ކުރިން އެކުދިންނަށް ރިޝްވަތުގެ ގޮތުގައި ކޭންޑީ އައީ ހިފައިގެން ކަމަށެވެ.

އެމެރިކަން އެކްޓަރ މޭގަން އާއި އިނގިރޭސި ވިލާތުގެ ޝާހީ ތަޚުތާ ހަވަނައަށް ކައިރީގައި ހުންނެވި ޕުރިންސް ހެރީއާ ކައިވެނި ބައްލަވައިގަތީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ޝާހީ ކައިވެނި، ގިނަ މީޑިޔާތަކުން ލައިވް ކުރިއިރު ދުނިޔޭގެ ބޮޑެތި އޮންލައިން ތަކުންވެސްވަނީ ފޭސްބުކްއާއި ޔޫޓިއުބްފަދަ ޕުލެޓްފޯމްތައް މެދުވެރިކޮށްވެސް މިވެޑިން ދުރަށް ދައްކާފައެވެ.