ތަމަޅަ ފިލުމުތަކުން ފިލުމު އިންޑަސްޓްރީއަށް ތަޢާރަފްވި ޝިވާޖީ ރާއޯ ގައެކްވަޑް ނުވަތަ މަޝްހޫރު ނަމުންނަމަ ރަޖުނީކާންތު ވެސް ޑޮކްޓަރުންގެ އާދޭހާއި ދެކޮޅަށް، ސިއްހަތަށް ބެލުމެއްނެތި ސިޔާސީ ދާއިރާއާއި ގުޅިއްޖެ އެވެ.

އޭނާ ބުނެފައި ވަނީ މިއަދު ނޫސްވެރިންނާ ބައްދަލުކޮށެވެ.

އޭނާ ބުނެފައިވަނީ މިއީ ޓެމިލް ނާޑޫއަށް ބަދަލެއް ގެންނަންވީ ވަގުތު ކަމަށާއި އަދި އެކަމަށް އޭނާ ތައްޔާރު ކަމަށެވެ.

''އަހަރެން ސިޔާސީ ދާއިރާއާއި ގުޅުނީ ޓެމިލް ނާޑަށް ބޮޑު ބަދަލެއް ގެނައުމަށް. މިއީ ޓެމިލް ނާޑަށް ބޭނުންވެފައިވާ ބޮޑު މިޝަންއެއް. އަހަރެންނަކީ މި މިޝަން ހާސިލު ކުރުމަށް ބޭނުން ކުރެވޭ ހަތިޔާރެއް. އަހަރެންނަށް މި މިޝަން ކާމިޔާބުވެއްޖެ ނަމަ އެއީ ޓެމިލް ނާޑު މީހުންގެ ކާމިޔާބު. އަހަރެން ނާކާމިޔާބުވެއްޖެ ނަމަ އެއީ ވެސް ރައްޔިތުންގެ ނާކާމިޔާބު. މިހާރު މިކަން ނުކުރެވިއްޖެނަމަ ދެން ދުވަހަކު ވެސް މިކަން އޮންނާނީ ނުކުރެވިފަ. ކަންތައްތައް ބަދަލުވާ އުސޫލުން މިއީ ޓެމިލް ނާޑުގެ ކަންތައްތައް ވެސް ބަދަލު ކުރަންވީ ވަގުތު'' ނޫސްވެރިންނާ ބައްދަލުކޮށް ރަޖުނީ ކާންތު ބުންޏެވެ.

ސިޔާސީ ދާއިރާަގައި މަސައްކަތް ކުރި ނަމަވެސް ''ރަޖުނީ ކާންތު''ގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާގެ ފިލުމުތައް އަދި ވެސް ފެންނާނެ ކަމުގެ އިޝާރާތެއް ވަނީ ދީފައެވެ.

ފިލުމީ ދާއިރާއަށް ބަލާައިރު ރަޖުނީ ކާންތު އެންމެ ފަހުން ފެނިފައިވަނީ އޭއާރު މުރުގަޑޯސްގެ ''ދަރުބާރު'' ޑުރާމާއިން ފުލުހެއްގެ ރޯލުންނެވެ. އޭނާ ވަނީ ''2.0''، ''ރޮބޮޓް'' ފަދަ ބޮލީވުޑު ފިލުމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރީދޫރާނީ

    ހާދަ މުސްކުޅި އޭ! އޯ މައި ގޯޑް