ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާއަކީ ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރާ ބޮލީވުޑްގެ ފިލްމީ ތަރިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖެއަށް ޒިޔާރަތް ކޮށް އެކި ރިސޯޓުތަކުގައި ނަގާފައިވާ އެތައް ފޮޓޯއެއް އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާއިރު އޭނާގެ އިންސްޓަގްރާމް ބަލާލުމުން އެކަނިވެސް ރާއްޖެދެކެ އޭނާ ލޯބިވެފައިވާ މިންވަރު އެނގިގެން ދާނެއެވެ. ސޮނާކްޝީ މިހާރު މިވަނީ ރާއްޖޭގައި ހޭދަކުރި މުއްދަތުގައި ރާއްޖެއިން ސްކޫބާ ޑައިވިސް ލައިސެންސް ވެސް ހޯދައިފައެވެ.

ނޫކުލައިގެ ބިއްލޫރިގަނޑެއް ފަދައިން އޮންނަ ހިތްގައިމު މޫދުގައި ނަގާފައިވާ އެތައް ފޮޓޯއެއް ސޮނާކްޝީގެ އިންސްޓަގްރާމަށް ލާފައިވާއިރު އެއް ފޮޓޯގައި އޭނާ ޖަހާފައިވާ ކެޕްޝަންގައި ބުނީ ސްކޫބާ ޑައިވިން ލައިސެންސް ނަގާފައިވާ ކަމަށާއި އެއީ އެތައް އަހަރެއް ވަންދެން ނުކުރެވިވެން އުޅުނު ކަމެއް ކަމަށެވެ. އަދި އެންމެ ފަހަކަށް އެކަންވެސް ކުރެވުނީ ކަމަށް ސޮނާކްޝީ ގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

"އަހަރެން މޫދަށް ހުންނަ ލޯބި އިތުރުވެގެން ދިޔައީ ފުރަތަމަ ސްނޯކްލިން ތަޖުރިބާ އަށް ފަހުގައި އަދި މިއީ އެކަން އިތުރު ހަރުފަތަކަށް އެޅިގެން ދިޔަ ކަމެއް." ސޮނާކްޝީ ސިންހާ ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

ސޮނާކްޝީ ހިއްސާ ކޮށްފައިވާ އިތުރު ވީޑިއޯއެއްގައި ފެނިގެން ދަނީ ސްކޫބާ ކުރުމަށް ގޮސް ބޯޓަކުން ފުންމާލި މަންޒަރެވެ. އަދި ކަނޑު އަޑީގައި ނަގާފައިވާ ވީޑިއޯތައްވެސް ހިއްސާކޮށްފައިވާއިރު ސޮނާކްޝީ މޫދަށް ފަރިތަވެފައިވާ މިންވަރު ހާމަވެއެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)


ސޮނާކްޝީގެ ފޭސްބުކް ޕޭޖުންވެސް އޭނާ ރާއްޖޭގެ ރިސޯޓުތަކުގެ ބީޗުތަކުގައި ނަގާފައިވާ މަންޒަރުތައް ހިއްސާ ކޮށްފައިވާއިރު ރާއްޖޭގެ ނަލަކަށް އެތައް ބަޔަކަށް ދައްކައި ރާއްޖެ ޕްރޮމޯޓު ކުރުމަށްވެސް މިކަން އެހީވެދެ އެވެ. އަދި ރާއްޖޭގެ އިރުއޮއްސޭ މަންޒަރުގެ ފޮޓޯތައްވެސް އޭނާ ވަނީ ހިއްސާ ކޮށްފަ އެވެ.

ކޮވިޑުގެ ފުރަބަންދަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން ރާއްޖެއަށް އިންޑިޔާގެ މަޝްހޫރު ފަންނާނުން އައި މިންވަރު ވަނީ އިތުރު ވެފަ އެވެ. ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރީންވެސް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު އޭގެ ތެރޭގައި ޓައިގާ ޝްރޮފް، ދިޝާ ޕަތަނީ، ޓާޕްސީ ޕަންނު، ވަރުން ދަވުން، ސަމަންތާ އަކިނެނީ ހިމެނެ އެވެ. އަދި މިފަހުން ކައިވެނި ކުރި ދެކުނު އިންޑިޔާގެ ފިލްމީތަރި ކަޖަލް އައްގަރްވާލް އާއި އޭނާގެ ފިރިހެނުން ގޯތަމް ހިޗްލޫ ވެސް ރާއްޖެއަށް އައިސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސްބުޅި

    ތިޔަ ލިސްޓުގައި ރިތިކް ވެސް ހިމަނާލާ. ރިތިކް ޗުއްޓީ ހޭދަކުރީ ޗެވެލް ބުލޮންކް ރަންދެލީގަ

    18
    1
  2. އަންނި

    އަހަރެން ކައިރިޔައް އެއްރޭ އައިނަމަ ހުރިހާ ލައިސަންސްއެއް ނަގައިދިނީމުސް.

    3
    4