ޓްވިޓާގައި އުޅޭ ޖޮބްރިއާއުކްސް ނަަމަކަށް ކިޔާ މީހަކު ފްލޮރިޑާގެ ފްލައިޓެއްްގައި ފެށި ދަތުރުގެ ވާހަކަ އޭނާ މިވަނީ ކިޔާދީފައެވެ. އޭނާ ޓްވިޓާގައި ބުނިގޮތުގައި، އޭނާ ފްލައިޓްގައި އިން ގޮޑީގައި ފަހަތުގައި އިން މީހާއަކީ ކޮވިޑް-19 އަށް ފައްސި މީހެކެވެ. އަދި އެކަން އެނގުނީ އެ މީހާ ބޯޓު ތެރޭގައި މަރުވުމުންނެވެ.

އޭނާ އެ އެއާލައިންގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

މިއީ ޑިސެމްބަރު 14 ވަނަ ދުވަހު ހިނގާދިޔަ ކަމެއް ކަަމަށް ވެއެވެ. ޖޮބްރިއާއުކްސް ލިޔެފައިވާގޮތުން، އޭނާއިން ސީޓުގެ ފަހަތުގައި އިން މީހަކު މަރުވީ ފްލައިޓް ދަތުރު ކުރަމުން ދަނިކޮށެވެ.

އަދި އޭނާ ބުނީ، މިކަމުގައި ދިމާވި އެންމެ ގޯސް ކަމަކީ، އެ ބޯޓުގައި ތިބި ފަސެންްޖަރު އެހެން ބޯޓަކަށް ބަދަލުކޮށްފައި ނުވުން ކަމަށެވެ. އަދި އެމާޖެންސީ އިވެކުއޭޝަންްއެއްވެސް ނެތް ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން ހަމަ މި ޖެހެނީ މި ފްލައިޓްގައި ދާން"، އޭނާ ބުނެފައި ވެއެވެ.

އޭނާގެ އެ ޓްވީޓްތަކަށް މީހަކު ސުވާލު ކޮށްފައި ވެއެވެ. އެގޮތުން ފްލައިޓް ތެރޭގައި މަރުވި މީހާ ކޮވިޑް-19 އަށް ފައްސިކަން އެނގުނީ ކިހިނެއްތޯ ސުވާލު ކޮށްފައި ވެއެވެ. އެ އަންހެން މީހާ ބުނީ، މަރުވި ފިރިހެން މީހާގެ އަނބިީހާ އެކަން އެމާޖެންސީ މެޑިކަލް ޓެކްނިޝަނުންނަށް ކަށަވަރުކޮށްދިން ކަމަށާއި، ފްލައިޓް ތެރޭގައި އެ މީހާގެ އޮޓޮޕްސީ ހެދި ކަމަށެވެ. އަދި އޭނާ މަރުވީ ކޮވިޑް-19 ޖެހިގެން ދިމާވި ކަންކަމުގެ ސަބަބުން ކަން ކަށަވަރުވިކަމަށް ބުންޏެވެ.

އޭނާ ކުރި އެ ޓްވީޓްތަކަށް ޖަވާބުދިން ބައެއް މީހުން ވަނީ ބޯޓު ތެރޭގައި އެފަދަ ކަމެއް ހިނގާފާނެތޯ ސުވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހޮޅިވާހަކަ

  2. ފެކްޓް

    އެހެންޏާ މީހުން ފލައިޓުގައާއި މަގުމަޓިގައާއި ފާހާނަގައާއި ހޮސްޕލްޓަލްތަކުގަ މަރުނުވަނީތ؟
    ހަމަ މީހަކު މަރުވާއިރަށް ކޮވިޑް. މިއޮން ހުރީހާ ދުވަހު މީހުން މަރު ނިވަނީތ؟ މިހާރުކޮބާ އެސަބަބުތައް. ހަމަ ކޮވިޑް ހަމަ ކޮވިޑް..
    ތަންކޮޅެއް ހޭޖެހޭ ވާހަކަ ދައްކަން ވެއްޖެ އެއްނު