ސޮނީ އެންޓަޓެއިންމަންޓުގެ މަގުބޫލު ޝޯއެއްކަމުގައިވާ ''ދަ ކަޕިލް ޝަރުމާ ޝޯވ''ގެ ކުރިއަށް އޮތް އެޕިސޯޑުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ގީތާ ކަޕޫރާއި، ޓެރެންސް ލެވިސްއާއި ގަނޭޝް އަޗަރްޔާއެވެ.

މި އެޕިސޯޑުގެ ޓްރެއިލާގައި ކަޕިލްއާއި ގަނޭޝްގެ ދެމެދުގައި ދެކެވުނު ވާހަކައިގައި ގަނޭޝް ބުނެފައިވަނީ އޭނާގެ ހަށިގަނޑުގެ ބަރުދަން 200 ކިލޯއިން 98 ކިލޯއަށް ލުއިކޮށްފައިވާ ކަމަށެވެ.

ގަނޭޝްގެ މިހެން ބުނުމުން އަބަދުވެސް މަޖާ ވާހަކަ ދައްކާ، އަދި ކޮންމެ ކަމަކަށް ވެސް މަޖާ ރައްދު ދޭ ކަޕިލް ޝަރުމާ ބުނެފައިވަނީ ބޮލީވުޑުގެ މަޝްހޫރު ފިލުމު ''ދިލްވާލޭ ދުލްހަނިޔާ ލޭޖާއެގޭ''ގެ މަޝްހޫރު ޑައިލޮގެއް އެ ހާލަތާއި ގުޅުވާލައިގެންނެވެ.

''ބޮޑެތި ބޮޑެތި ޝަހަރު ތަކުގައި 46-46 ކިލޯގެ މީހުން އުޅޭ. އޭގެތެރެއިން ދެ މީހުން ގަނޭޝް ތި ނައްތާލީ'' ކަޕިލް ބުނެފައިވެއެވެ.

ބޮލީވުޑުގެ ފިލުމުތަކުގައި ކުދިކުދި ރޯލުތައް ކުޅުމުގެ އިތުރަށް ގަނޭޝްއަކީ ކޮރެއޯގުރަފާއެކެވެ. ގަނޭޝް ވަނީ ބޮލީވުޑުގެ އެތައް ފިލުމެއްގެ ލަވަތައް ކޮރެއޯގްރަފީ ކޮށްދީފައެވެ.

ގަނޭޝް ކޮރެއޯގުރަފީ ކޮށްދީފައިވާ ބައެއް ފިލުމުތަކަކީ އޭބީސީޑީ، މަނީ ހެއި ތޮ ހަނީ ހެއި، ޒީރޯ، ރާވަން، ހެލޯ ބްރަދާ ފަދަ އެތައް ފިލުމެއް ހިމެނެއެވެ.

ކަޕިލް ޝަރުމާއަކީ ހެއްވާ މަޖާ ވާހަކަ ދެއްކުމުން މަޝްހޫރުވެފައިވާ ފަންނާނެކެވެ. އޭނާގެ ޝޯ ކަމުގައިވާ ''ދަ ކަޕިލް ޝަރުމާ ޝޯ''އަކީ ގިނަ ފަންނާނުންތަކެއް ފިލުމުތައް ޕްރޮމޯޓް ކުރުމާއި އެހެނިހެން ކަންކަމުގައި ވެސް އެ ޝޯގައި ބައިވެރިވާ ބައެކެވެ.

މި ޝޯގައި ބައިވެރިވާ ފަރާތްތަކުން ހިއްސާ ކުރާ ވާހަކަތަކަށް ކަޕިލް އަބަދުވެސް މަޖާ ޖަވާބުތައްދެއެވެ. މި ޝޯއަކީ ގިނަ ފަންނާނުންނަށް ވެސް އެންމެ ކަމުދާ އެއް ޝޯއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮންމެސް އިންސާނެއް

    އެ ވާހަކަ ދޯ

    5
    1
  2. ސޫފި

    މީ ޚަބަރެއްތަ؟ ފިލްމެއްގެ ޑައިލޮގްކޮޅެއް ކޮޕީކޮއްފި..

    8
    2
  3. އ . ޖ . އ

    އެ ފިލުމުގަ ހުންނަނީ ދިވެހި ޑައިލޮގުތަ

    4
    1