އިންޑިއާގައި ގެރީގެ ބޮޑުކަމުދާ ތަކެއްޗާއި، ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން ތަކެތި އުފާއްދައެވެ. އޭގެ ވާހަކަތައް މީޑިއާތަކަށްވެސް އަރައެވެ. މިއީވެސް އެފަދަ ވާހަކައެކެވެ. ސައިބޯންޏާއި، ދަތް އުނގުޅާ ބޭސް، އަދި ރޫމް ފްރޭޝްނާ އާއި ލޮލަށް އަޅާ ބޭސްގެ އިތުރުން، ތަދު ކަނޑުވާ ތެޔޮ ފަދަ އެއްޗެހި ގެރީގެ މި ތަކެތި ބޭނުންކޮށްގެން އުފައްދާފައި އެބަހުއްޓެެވެ.

އަދި އިންޑިއާގައި މި ތަކެތި ވިއްކަމުންވެސް ދެއެވެ.

މިއީ ބިތޫރް ޓައުންގެ ކަންޕޫރް ސިޓީގެ ގެރިތައް ތިބޭ ތަނެއްގައި އުފައްދާ ޕްރޮޑަކްޓްތަކެވެ. އެ މީހުން ވިއްކާ އެންމެ ގިނަބަޔަކު އެންމެ ގިނައިން ގަންނަ ބާވަވްތަތަކުގެ ތެރޭގައި ހިމެނެނީ ބޭސް އެވެ. އެއީ ހަޖަމްވުމަށް ފަސޭހައަކަށް ކާ ބޭހާއި، އާތްރިޓިސް އާއި ކެޓެރެކް އަދި ހަރުކުބައްޔާއި، ލަންގް އިންފެކްޝަންއަށް ހާއްސަ ބޭސް އެވެ.

ގެރި ބަލައްޓާ ތަނެއްގެ ވެރިއަކު މީގެ މަސް ތަކެއް ކުރިން ބުނެފައިވާގޮތުގައި، މި އުފެއްދުންތައް 2013 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ މާކެޓްތަކުގައި ހުއްޓެވެ.

އިންޑިއާގެ ބައެއް މީހުން ގަބޫލު ކުރާގޮތުގައި، ގެރީގެ ކުޑަކަމުދާ ތަކެއްޗާއި، ބޮޑުކަމުދާ ތަކެއްޗަކީ ބޭހެކެވެ. އަދި މި ތަކެތި އެ މީހުންނާއި ހަމައަށް ގެންގޮސްދޭ މީހުންވެސް އުޅެއެވެ.

އިންޑިއާގެ ހިންދޫ ފްރޮންޓަލް އޯގަނަޒޭޝަންތަކުން ދަނީ ގެރީގެ ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން އުފައްދާ ތަކެތި އެ ގައުމުގައި ވަރަށް ބޮޑަށް ޕްރޮމޯޓް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ސޯލިބޭ ލައްވާ ކޮންމެ ދުވަހަކު ތި ބޭސް ޓެސްޓްކުރޭ

    7
    5
  2. ގެރިކުޑޭ

    މިކޮޅުގަ ޕާލަމެންޓްގަ ބޮޑަކަށްވެސް އެއުޅެނީ ތީގެ މީހެއް!

    11
    5
  3. ޢައިބާ

    ރާއްޖޭގައިވެސް ގެރިގުއި މިހާރަކަށް އައިސް މުޅިގައިގެ އުގުޅާގެން އުޅޭ ، މިބުނީ ދަނޑުވެރިންގެ ވާހަކަ

    8
    6