މަޝްހޫރު ލަވަކިއުންތެރިޔާ އާރިޔާނާ ގްރާންޑޭގެ އެންގޭޖްވެފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައި ވަނީ އޭނާގެ އެންގޭޖްމެންޓް އަނގޮޓިއަށެވެ. 750،000 ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިން ބަލާނަމަ 11.5 މިލިއަން ރުފިޔާގެ މި އަނގޮޓީގެ ރީތި ވާހަކަ އެތައް ބަޔަކު ދައްކާއެކު މަޝްހޫރު ތަރީންނަށް މިފަދަ އަގުބޮޑު ގަހަނާއާއި ތަކެތި ލިބުމަކީ އާދައިގެ ކަމެކެވެ.

އާރިއާނާ އާއި ޑެލްޓޮން ގޮމޭޒް އެންގޭޖް ވެފައިވާއިރު އެ ކަން ހާމަކޮށް އާރިއާނާ އޭނާގެ އިންސްޓަގްރާމުގައި ފުރަތަމަވެސް ހިއްސާކުރީ އަނގޮޓީއެވެ. އާރިޔާނާ ބުނީ އޭނާގެ މި އަނގޮޓިއަކީ އޭނާގެ މާމަ ނޮންނާ އޭނާއަށް ޓަކައި ހަދާފައިވާ އަނގޮޓީއެއް ކަމަށެވެ. އޭނާ ބުނީ އެ އަނގޮޓީ ހަދާފައި ވަނީ އޭނާގެ ކާފަގެ ޓައި ޕިން ވެސް ހިމަނައިގެން ކަމަށެވެ.


އަނގޮޓީގެ ހާއްސަ ކަމާއި އާރިއާނާ އަނގޮޓިއަށް ޖެހިފައިވާ ލޮތްބެއްގެ ބޮޑުކަމުން އެ އަނގޮޓީގެ ވާހަކަތައް އޭނޭގެ ފޭނުންވެސް ދަނީ ދައްކަމުންނެވެ. އެގޮތުން އެއް ފަރާތުން ބުނީ ކާފަގެ ޓައީގެ ޕިން އަނގޮޓީގައި ވުމުން ކާފަގެ ހަނދާންތައްވެސް އަނގޮޓި އޮތުމުގެ ސަބަބުން އޮންނާނެ ކަމަށެވެ.

ތެއާކެރޮޓް ގެ ސީއީއޯ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އާރިޔާނާ ގްރާންޑޭގެ އެންގޭޖްމެންޓް އަނގޮޓި އަކީ އަށް ކެރެޓުގެ ޖަވާހިރެއް އޭގައި ވާ އަނގޮޓިއެއް ކަމަށާއި އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއަށް ބަލައި އަނގޮޓީގެ އަގު 750،000 ޑޮލަރަށްވުރެ ބޮޑު ވާނޭ ކަމަށެވެ.

އާރިއާނާ އާއި އޭނާގެ ލޯބިވެރިޔާ ގުޅިފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ތީކޯއްޗެއް އަހަރެން އެއްފަހަރު ލާ ސިޔައް ތިޔަވުރެ ބޮޑު ހަރަދު ކޮއްލަން.