ކަރީނަ ކަޕޫރް ޚާން އާއި ސައިފް އަލީ ޚާން އަކީ ބޮލީވުދްގެ އެންމެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ މީހުންވެެ. އެ ދެމީހުންގެ ދިރިއުޅުމުގެ ކަންކަން ފޭނުން ދަނީ ވަރަށް ކައިރިން ބަލަމުންނެވެ. ނަތީޖާ އަކަށް ވަނީ އެ ދެމީހުންގެ ކައިވެންޏަށް ލިބުނު ދަރިފުޅު ތައިމޫރް އަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބުމެވެ.

އެންމެ ކުޑަ އިރުން ފެށިގެން ވެސް ތައިމޫރު ދާހާތަނަކަށް ޕަޕަރާޒީއިން ކެމެރާ ހިފައިގެން ދިއުމަކީ އާއްމު ކަމެކެވެ. ތައިމޫރު މިވަނީ ބުދަ ދުވަހު މިގޮތަށް މާގިނަ ފޮޓޯގްރާފަރުން އޭނާ އާއި ކަރީނާގެ ފަހަތުން ދާތީވެ ހިތްހަމަ ނުޖެހުން ފާޅުކޮށްފަައެެވެ. އިއްޔެ މީސްމީޑިއާގައި އާއްމު ވީޑިއޯއިން ފެންނަނީ ތައިމޫރު ތަކުރާރުކޮށް ހުއްދަ ނުހޯދާ ފޮޓޯ ނުނަގަން އެދޭ މަންޒަރެވެ.

4 އަހަރުގެ ތައިމޫރު މިހެން ބުނަނީ ކެމެރާގެ ފްލެޝްގެ ސަބަބުން އުނދަނގޫވެގެން ކަމަށް ބެލެވެއެވެ. ތައިމޫރު އަކީ އާއްމުކޮށް މީޑިއާ އާއި ވަރަށް ރަހުމަތްތެރި ކުއްޖެެކެވެ. ބޮލީވުޑްގެ ފަންނާނުންގެ ކުދިންނަށް ބޮޑު ސަމާލުކަމެއް ލިބުމުގެ ސަބަބުން އެ ކުދިންނަށް އިންޑިއާގައި އާއްމުންގެ ތެރެއަށް ނުކުތުން އޮންނަނީ އުނދަނގޫ ކަމަކަށް ވެފައެވެ.

އަދި ތަފާތު ކުރުން ފަދަ ކަންކަން ދިމާވެ މުޖުތަމައުގައި އުޅުމަށް ވެސް އެ ކުދިންނަށް ދަތިތައް ދިމާވާ ފަހަރު އާދެއެވެ. އެހެންކަމުން ބޮލީވުޑްގެ ގިނަ ފަންނާނުންގެ ތަރިން ކިޔަވަނީ އިންޑިއާއިން ބޭރު އެހެން ޤައުމުތަކުގައެވެ. މިކަމުގެ މަގްސަދަކީ އެ ކުދިންނަށް މައިންބަފައިންގެ މަޝްހޫރުކަމުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމެވެ.

ތައިމޫރުއަކީ ބޮލީވުޑްގެ ތަރިންގެ ކުދިންނަށް އާއްމުކޮށް ލިބޭ ސަމާލުކަމަށް ވުރެ އެތައް ގުނައެއް އިތުރަށް ސަމާލުކަން ލިބިފައިވާ ކުއްޖެކެވެ. ސަބަބަކީ އޭނާގެ ބައްޕަ ފިލްމީ ތަރި ސައިފްް އަލީ ޚާން އަކީ އިންޑިއާގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ ނަވާބަކަށް ވުމެވެ.