"ޑްރެގަން ފުުރުޓް" އަކީ ޗައިނާއިން ދީފައި އޮތް ނަމަކަށް ވުމުން އެެ މޭވާއަށް ކިޔާ ނަން ބަދަލުކުރުމަށް އިންޑިއާގެެެ ގުޖްރާތު ސްޓޭޓުުން ނިންމައިފިއެވެ.
"ސީއެންއެެން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ ގުޖްރާތު ސްޓޭޓުން މި ނިންމުން ނިންމާފައި ވަނީ ޑެރެެގަން ފުރުޓުގެެ ނަމަކީ ޗައިނާއިން ދީފައިވާ ނަމަކަށް ވުމާއި އެެކުު އެެ ގައުމުގައި ޑްރެެގަން ފުރުޓުގެ ނަން އެެ ގޮތުގައި ބޭނުންކޮށްފި ނަމަ އެއީ ޗައިނާ އާއި އެެއްބައިވުންކަން ދޭހަވާތީއެވެ.
މީގެެ ފަހުން އެ މޭވާއަށް ގުޖްރާތުގައި ކިޔާނީ "ކަމަލަމް" އެވެ. ގުޖްރާތު ސްޓޭޓުން ހާމަކޮށްފައިވާ ގޮތުގައި މި ނަން ބަދަލުުކޮށްފައިވާ މައިގަނޑުު ސަބަބަބީ ޑެެރެގަން ފުރުޓުގެެ ނަމުން ނަން ދީފައިވާ މޭވާ އަކީ އޭގެ އަސްލުު އެއްވެެސް މިންވަރަކަށް ޑްރެގަން އަކާއި ވައްތަރު މޭވާއަކަށް ނުވުމުންނެވެ. އެ މޭވާ ބޮޑަށް ވައްތަރީ ލޮޓަސް މަލަކާ ކަމަށް އެމީހުުން ގަބޫލުކުރެއެވެ.
ގުޖްރާތަކީ މިބާވަތުގެ މޭވާ ފުޅާ ދާއިރާއެއްްގައި ހައްދަމުން އަންނަ ސްޓޭޓެކެވެ. އެ ސްޓޭޓުގައި އެކަނިވެސް ޑްރެގަން ފުރުޓު ހައްދާ 1500 ދަނޑު އެެބަ އޮތެވެ.
ގުޖްރާތަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެެންދްރަ މޯދީ ނިސްބަތްވާ ސްޓޭޓެވެ. އިންޑިއާ އިން އަންނަނީ ޗައިނާ އާއި އެެކު އޮތް ގުޅުން ކަނޑާލާ އެެކި ގޮތްގޮތުން ޗައިނާ އަށް ދަތުކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިހާރު ޗައިނާގެެ ގިނަ މުދާ އެ ގައުމަށް އިމްޕޯޓުު ކުރުން މަނާކުރުމުގެ އިތުރުން، ޗައިނާއިން އުފައްދާފައިވާ މޯބައިލް އެޕްލިކެޝަންތައްވެސް ވަނީ އިންޑިއާއިިން މަނާކޮށްފައެވެ.
ގެރި މޯދީ ކިޔަންވީ
ރައީސް ނަޝީދައް ވަރަށް ސަލާމް
ނަމަނަމަ ޗައިނާދެ ކެއަންނަރުޅީގާ އިންޑިއާގެނަން ގެރިގާޑިއާގެނަމަށް ބަދަލުނު ކުރާތި!!
😂😂😂