ފަތުރުވެރިންތަކެއް، ތައިލެންޑްގެ ޕޮލިސް ސްޓޭޝަން ތެރޭގައި ޕާޓީ ކުރާ މަންޒަރު ފެންނަ ވީޑީއޯއެއް އާއްމުވެއްޖެ އެވެ. އެ މީހުންނަކީ ތައިލެންޑްގައި ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލެނބުމުގެ ސަބަބުން ހައްޔަރު ކުރި ބައެކެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިނގިރޭސިވިލާތާއި، އެމެރިކާއަށް ނިސްބަތްވާ ފަތުރުވެރިން ހިމެނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގައި ބާތައް 9:00 ޖަހާއިރު ބަންދު ކުަން ޖެހެއެވެ. އެހެން ނަމަވެސް ކާފިއުގަޑީގައި ބާއެއްގެ ތެރޭގައި ޕާޓީ ކުރަމުން ދަނިކޮށް ފުލުހުން ވަނީ އެތަނަށް ގޮސް އެކަން ހުއްޓުވައި ބަޔަކު ހައްޔަރު ކޮށްފައެވެ. އެޕާޓީން ބައެއް މީހުން ފިލާފައިވެސް ވެއެވެ.

އެހެން ނަމަވެސް ފުލުހުން 110 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 89 މިހުންނަކީ އެކި ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި،އެ މީހުން ހައްޔަރުކަށް ސްޓޭޝަނަށް ގެންދިއުމުން ޕާޓީ ކުރަން ފެށީ ސްޓޭޝަން ތެރޭގައެވެ. އެ މީހުން ބަނގުރަލާއި، ނެށުމާއި މަޖާ ކުރުމުގައި ވަގުތު ހޭދަކުރިއިރު، އެއްވެސް ވަރަށް އިޖްތިމާއީ ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ. އަދި އެވަގުތަކީ އެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން ދިޔަ ވަގުތު ކަމަށް ވެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނިގެން ދަނީ ތައިލެންޑްގެ ޖަލެއްގެ ތެރޭގައި އެ މީހުން އުޅޭ ގޮތެެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުންގެ އެ ވީޑިއޯއާ ގުޅޭ ގޮތުން ކޯޓުގައި މައްސަލަ ކުރިއަަށްގެންދިޔައެވެ. އަދި ފަނޑިޔާރުން ވަނީ އެ މައްސަލާގައި ހައްޔަރު ކުރި ކޮންމެ މީހަކު މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އަދި ކޮންމެ މީހަކު 130 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައި ވެއެވެ.