ބޭނުންވާނެ ތަކެތި
ކޮށާފައިހުރި ވަޅޯމަސް ފިޔާ (ކޮށާފައި) 4 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު 3 ފޮނި ތޮށި (3 އިންޗި ހުންނަވަރު) ¼ މޭޒުމަތީ ސަމުސާ ކާފޫރު ތޮޅި (ހިމުންކޮށް މުގުރާފައި) 3 ރާނބާ ފަތް (3 އިންޗި ހުންނަވަރު) 1 ގިތެޔޮ މިރުސް 2½ މޭޒުމަތީ ސަމުސާ ހަކުރު ލޮނު 2 ޖޯޑުފުއް ތެޔޮ
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ފިޔާ، ހަކުރު، ރާނބާފަތް އަދި ފޮނި ތޮށި ކުޑަ ތެޔޮފޮދެއްގައި ވަޅޯ ކޮށްލާށެވެ. އެއަށްފަހު ވަޅޯމަސް، މިރުސް. ކުކުޅު ހަވާދު، ހިމުންކޮށް މުގުރާފަހުރި ކާފޫރު ތޮޅި އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި މަސްގަނޑުގެ ތެރެއިން ރާނބާފަތާއި ފޮނި ތޮށި ވަކިކޮށްލާށެވެ. ދެން ރޮށި ފިހަން ފުއް މޮޑޭ ގޮތަށް ފުއް މޮޑޭށެވެ. ރޮށި ގޮތަށް ދަންމާ ކޮންމެ ރޮށްޓެއް 4 ފަޅިއަށް ކަފާލާށެވެ. އެއަށްފަހު ކޮންމެ ރޮށްޓަކަށް މަސްކޮޅެއް ލުމައްފަހު ތިނެސްކަނަށް ވާގޮތައް ދަމާލާށެވެ. ނުވަތަ ބަޖިޔާ ތައްގަނޑުން ހަދާލާށެވެ. ތަވާ އުނދުންމައްޗަށް އުދާފައި ތެޔޮ ކެކިގަތީމައި ބަޖިޔާ ތެލުލާށެވެ.
"ކޮށާފައިހުރި ވަޅޯމަސް ފިޔާ (ކޮށާފައި) " ކޮށާފައި ހުރި ތަކެތި އަނެއްކާ ކޮށާނީ ކިހިނެއް،ވަޅޯމަސް ފިޔާ އަޅންވީ ކިހާވަރެއްކަމެއްވެސް ނޭގުނު އަޅެފަހެ މި ލިޔުއްވާ ބޭފުޅަކު ލިޔުއްވޭ އެއްޗަކާމެދު ވިސްނަވާލައްވާފަ ލިޔުއްވާނަމަ ކިޔަ ކިޔާ ވަރުބަލިވި އިރުވެސް ނޭގުނު ފިޔާ މަސް އަަންވީ ވަރެއް. މިކަހަލަ ރެސިޕީ ނުގެނެސް ދެއްވުން އެދި އާދޭސް ދަންނަވަން
މީރުހެން އެބަހީވޭ.?
އަހަރެމެން ގޭގައި ބަޖިޔާ ހަދަނީ ކުރީ ދުވަހު ބާކީ ވެފަ ހުންނަ ރޮށީގަ. ވަކި ތަފާތެއް ނުހުރޭ
ކޮށާފަ ހުރި އެއްޗެއް ކޮށާކަށް ބުނެފައެއްނެތް. ކަލޭ ލޯ އަވަރީތަ؟