ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުން ހައްދުފަހަނައަޅާފައިވާ އިންޑިއާގައި އަނެއްކާވެސް އުމުރުން އެންމެ ހަތަރު އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށް ފަހު މަރާލައިފިއެވެ.

މިހާދިސާ ހިނގީ ވެރިރަށް ނިއުދިއްލީ އާއި 50 ވަރަކަށް މޭލު ދުރުގައި އޮންނަ އަވަށެއްގައެވެ. ފުލުހުން ބުނާ ގޮތުގައި އަންހެން ކުއްޖާ ރޭޕް ކުރުމަށް ފަހު މަރާލުމުގެ ޖަރީމާ ހިންގާފައި ވަނީ އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށްވާ ވިރެންދާރް އެވެ.

ވިރެންދާރް އަކީ މަރުވި އަންހެން ކުއްޖާގެ ބައްޕަގެ ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އަންހެން ކުއްޖާގެ އަތުގައި ހިފައިގެން ހިނގާފައިދާ މަންޒަރު ފެންނަ ފުޓޭޖެއް ފުލުހުން ވަނީ ހޯދާފައެވެ.

ފުލުހުން ބުނީ ވިރެންދާރް އަންހެން ކުއްޖާ ގެންގޮސް ރޭޕް ކުރުމަށް ފަހު އަންހެން ކުއްޖާ މަރާލީ ވަޅިއަކުން އެކުއްޖާގެ ހަށިގަނޑު ވަރަށް ބޮޑަށް ޒަހަމް ކޮށްލައިގެންނެވެ.

މިހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ވިރެންދާރް އަކީ އަންހެން ކުއްޖާގެ ބައްޕަ ކައިރީގައި ނުވަ އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ މީހެކެވެ. ވިރެންދާރް އަންހެން ކުއްޖާ ގޮވައިގެން މީހުން ނޫޅޭ ސަރަހައްދަކަށް ގޮސްފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު އެވެ. އަންހެން ކުއްޖާ ގެއްލިގެން ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރީ ބުރާސްފަތި ދުވަހު ހަވީރު އެވެ.

ވިރެންދާރް ވެސް އަންހެން ކުއްޖާ ގެއްލިގެން އެކުއްޖާ ހޯދަން އާއިލާ މީހުންނާއި އެކު މަސައްކަތް ކުރިއެވެ. އަންހެން ކުއްޖާ އާއި އެކު ވިރެންދާރް ހިނގާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް ލިބުމާއި އެކު ފުލުހުން ވަނީ ވިރެންދާރް ހައްޔަރުކޮށްފައެވެ.

އޭނާ ހައްޔަރު ކުރުމުން އޭނާ ވަނީ އަންހެން ކުއްޖާގެ ހަށިގަނޑު އޮންނާނެތަން ކިޔައިދީ ކުށަށް އިއުތިރާފް ވެފައެވެ.

އިންޑިއާގައި ރޭޕް ކުރެވޭ އަންހެނުންގެ ތެރެއިން 13 އިންސައްތަ އަކީ 11 އަހަރު ނުފުރޭ ކުޑަކުދިންނެވެ. އޭގެތެރެއިން 94.6 އިންސައްތަ މީހުން ރޭޕް ކުރަނީ އެކުދިންނާއި ވަރަށް ގާތުގައި އުޅޭ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    އަންދާ ގާނޫނު.. އެމީހުންގެ ގެރި ކަލާންގެ ރޭޕު ކޮބަލަ..

  2. ރޮކެޓް ސައިންސް

    ގެރިއެއް ރޭޕްކޮށްފިއްޔާ ނިމުނީ. ޢުލު ބައިންދާނެ އެބަޔަކު....ސާބަސް މޯދީ ސަރުކާރު..ރޭޕް ސަރުކާރު....

  3. ގޮތެއްފޮތެއްނުހުރޭ ތިވަރުކުޑަކުއްޖަކު ރޭޕްކޮށްމަރާލުމުން ލިބޭނީކޮންފައިދާއެއް
    ލިބޭނީ ބޮޑުގެއްލުމެއް އެއީބޮސްގެދަރިފުޅަށްވީމަ ބޮސްގެދަރިފުޅުނޫންނަމަވެސްތިކަހަލަނުބައި
    ޖަރީމާހިންގައިގެން ކުރާނެފައިދާއެއްނޯންނާނެ ގެރިއެއްރޭޕްކޮށްމަރާނުލީ ކުޑައިންސާކަށްވުރެ
    ގެރީގެ ޚާއްޞަކަންބޮޑުވެފަ ލިބޭނެއަދަބު ބޮޑުވެދާނެތީކަމަށްވެދާނެ

  4. އިންކުރެޑިބަލް އިޑިއޮޓިކް ގެރި ކަލްޗަރ

  5. ނޫސްކިޔާމީހާ

    ހަމަ ތެދެއް ތިޔައިންޑިޔާ މީހުން ނަށް ކުރަން އެގޭހާވެސް ކަމަކީ ކުޑަކުދިން ރޭޕް ކުރުން . ޢެހެންތާވާނީ އިންސާނުންނަށް ވުރެ ގެރި މުހިންމު ބައެއް ވިއްޔާ