އިންގްލޭންޑްގެ ދެމަފިރިޔަކަށް މި ވަނީ އެ މީހުންގެ ގޭގައި ޖިންނިއެއް އުޅޭކަން އެނގިފައެވެ. އެ ޖިންނިއަކީ ރީތި ހެދުމެއްގައި ހުރި އަންހެނެކެވެ. އެ ގޭގައި ޖިންނިއެެއް އުޅޭކަން އެމީހުންނަށް ހީވުމުން ބޭނުންވީ އެކަން ޔަގީން ކުރުމަށެވެ. އެހެންވެ ގޭގައި ކެމެރާ ހަރުކޮށް، އެ މަންޒަރު ރެކޯޑް ކޮށްފައެވެ.

ޑެރެން ޕަލިސްޓަރ 27އ، އޭނާގެ ގޭގައި ހަރުކޮށްފައި ހުރި މޯޝަން-އެކްޓިވޭޓެޑް ކެމެރާސްތައް ބެލި ވަގުތުން އެނދުން ނުވެއްޓުނީ ހަމަކިރިޔާ އެވެ. އެރޭ ދަންވަރު 3:00 ޖެހިހާއިރު، އެ ކެމެރާތަކަށް އެރީ ގޭގައި އެއްޗެއް އުޅޭ މަންޒަރެވެ.

އޭނާ އާއި އޭނާގެ ލޯބިވެރިޔާ ޖެސިކާ މޭސަން 27އ، ބުނީ އެ މީހުންނަށް ގޭގައި ރޫހާނީ އެއްޗެއް އުޅޭހެން ހީވާ ކަމަށެވެ. އަދި އެ ރޫހާނީ އެތި އުޅޭއިރު ސެންޓުގެ ވަސް ދުވާ ކަމަށްވެސް ބުންޏެވެ.

އޭނާ ވަނީ އެ މަންޒަރުގެ ފޮޓޯއެއް މީސް މީޑިއާއަށް ލާފައެވެ. އަދި އޭނާގެ ރަހުމަތްތެރިން ވަަނީ އެގެ އަންދާލަން ބުނެފައެވެ.

އެފަދަ ކަންކަން ދިރާސާ ކުރާ މީހަކު ވަނީ ޕަލިސްޓަރއަށް ގުޅާ، އެ މަންޒަރު ތަކަކަކީ އޭނާއަށް މިހާތަނަށް ފެނުނު އެފަދަ އެންމެ ރީތިމަންޒަރު ތައް ކަމަށް ބުނެފައެވެ.

"އަހަރެން ދިޔައީ މޯޝަން ނޮޓިފިކޭޝަންތައް ބަލަން، އަހަރެންނަށް އެ މަންޒަރު ފެނުމާއެކު އެނދުން ނުވެއްޓުނީ ހަމަ ކިރިޔާ".

އޭނާ ބުނީ، އެ މަންޒަރު ގަބޫލު ނުކުރެވިގެން ޖެސިކާ ހޭލައްވާ އޭނާއަށްވެސް ދެއްކި ކަމަށާއި. ޖެސިކާއަށްވެސް އެ މަންޒަރު ގަބޫލު ނުކުރެވުނުކަމަށެވެެ.

"އެއީ ޖެސިކާއަށް ނުވާނެތާ އޭނާ އޮތީ ނިދާފައި ވިއްޔާ"،

އޭނާގެ ބައެއް ރަހުމަތްތެރިން ވަނީ އެއީ ޖެސިކާ ކަމަށް ބުނެފައެވެ. އެކަމަކު އެ ރޫހާނީ އެތި ލައިގެން ހުރީ އޮަފް-ދަ-ޝޯލްޑާ ހެދުމެއް ކަމަށް ވާއިރު، އެކަހަލަ ޕަަޖަމާސްއެއް ޖެސިކާގެ އަތުގައި ނޯންނަ ކަމަށް އޭނާ ބުންޏެވެ.

އެ މީހުންގެ ކެމެރާތަކުން ހުދު ކުލައިގެ އެއްޗެހިތަކެއްވެސް ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހު

    ޖިންނި ޝައިތާނުންނަކީ ކެމެރާ އަކަށް އަރާނެ އެއްޗެއްނޫން ވީޑިއޯއެއްވެސް ނުކިރެވޭނެ އެއީ ރޫޙާނީ އެއްޗެއްވީމަ ބޯގަޅި ވާހަކަ ނުލޔެބަލަ

    36
    9
  2. ަސދަސ

    ދިވެހި އަންހެނަކާއި ވަރަށް ވައްތަރު.

    6
    1