ޔުނިވާސިޓީ އޮފް ކެލިފޯނިއާ ރިވާސައިޑް އިން ކުރި ދިރާސާ އެއްގައި ބުނާގޮތުން، އެހެން މީހުންގެ ވާހަކަ ދެއްކުމަށް ކޮންމެ މީހަކު އެވްރެޖްކޮށް ދުވާލަކު 52 މިނެޓް ހޭދަކުރެވެއެވެ.

މި ދިރާސާގައި ބުނާގޮތުންނަމަ މީހުންގެ ގޯސް ވާހަކަ ދެއްކުމުގައި ދޮށީ މީހުންނަށްް ވުރެ ގިނައިން ބައިވެރި ވަނީ ޒުވާނުންނެވެ. ފަގީރު މީހާ އަށް ވުރެ ގިނައިން މުއްސަނދިން މީހުންގެ ވާހަކަ ދައްކައެވެ.

މި ދިރާސާ ކޮއްފައިވަނީ 18 އަހަރާާއި 58 އަހަރާއި ދެމެދުގެ 467 މީހުން ބައިވެރި ކޮށްގެންނެވެ. އޭގެ ތެރޭގައި 198 ފިރިހެނުން އަދި 269 އަންހެނުން ހިމެނެއެވެ.

ދިރާސާގައި ބައިވެރިވުމަށް ވޮލަންޓިއަރ ކުރި މީހުން ޕޯޓަބަލް ލިސެނިންގ ޑިވައިސް އެއް ބޭނުން ކުރިއެވެ. މި ޑިވައިސް އިން ދުވާލެއްގެ މައްޗަށް އެމީހުން ދައްކާފައި ހުންނަ ވާހަކަތަކުގެ ތެރެއިން 10 ޕަސެންޓު ރިކޯޑު ކޮއްދެއެވެ. މި ވާހަކަތައް ތިން ބަޔަކަށް ދިރާސާ ކުރި މީހުން ބަހާލިއެވެ. އެއީ މީހުންގެ ގޯސް ވާހަކަ، ރަނގަޅު ވާހަކަ އަދި ނިއުޓްރަލް ވާހަކައެވެ.

މި ދިރާސައިގައި މީހަކު ނެތް ތަނެއްގައި އެ މީހެއްގެ ވާހަކަ އަޑު އަހައި ފާޑު ކިޔުމުގެ ބަދަލުގައި ވިސްނާފައި ވަނީ ވާހަކައިގެ އެކަޑެމިކް ޕޮއިންޓް ދެނެގަތުމަށެވެ. ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައިންސްވެރިޔާ ރޮބިން ބުނެފައިވަނީ މަޝްހޫރު މީހެއްގެ ވާހަކަވެސް އެ މީހަކު ނެތް ތަނެއްގައި ނުދެއްކޭނެ ކަމަށެވެ. އެމީހެއްގެ ވާހަކަ ދައްކާނަމަ ދައްކަން ވާނީ އެމީހަކު ހުރި ތަނެއްގައި ކަމަށް ރޮބިން ބުންޏެވެ.

ދިރާސާ ކުރުމުގެ ތެރޭގައި ފާހަގަ ކުރެވިގައި ވަނީ ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން މީހުންގެ ވާހަކަ ދައްކަނީ މައުލޫމާތު ހިއްސާ ކުރުމުގެ ގޮތުން ކަމަށެވެ.