ޕްރިންސް ހެރީ އާއި ކައިވެނި ކުރުމަށް ފަހު ދެން ދިމާވި ކަންތައްތަކާއި ގުޅިގެން އަމިއްލައަށް މަރުވުމާއިއެކު މެދު ވެސް ވިސްނިން ކަމަށް ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް ބުނެފިއެވެ.

މޭގަން މިހެން ބުނީ އެމެރިކާގެ ޓީވީ ޕްރެޒެންޓަރ އޮޕެރާ ވިންފޭއަށް ދިން އިންޓަވިއުއެއްގައެވެ. މުޅި ދުނިޔެ އިންތިޒާރު ކުރުމުން ދިޔަ އިންޓަވިއު ރޭ ވަނީ އޮންއެއާ ކޮށްފައެވެ. އިންޓަވިއުގައި މޭގަން ބުނީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއިއެކު ދިރިއުޅެމުން ދިޔައިރު ކުރެވެމުން ދިޔައީ ބަންދެއްގައި އުޅެން ޖެހުމުގެ އިހްސާސެވެ.

މޭގަން ބުނީ އޭނާގެ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން ޑޮކްޓަރަށް ދެއްކުމަށް ބައެއް މީހުން ލަފާދިނެވެ. ނަމަވެސް އެއީ ހައްލެއް ކަމަށް އޭނާ އަށް ގަބޫލު ނުކުރެވުނު ކަމަށް މޭގަން ބުންޏެވެ. މޭގަން ބުނީ އޭނާއަށް ދިމާވި މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާކުރަން ޕްރިންސެސް ޑަޔާނާގެ ގާތް ރަހުމަތްތެރިންނާއި ބައްދަލު ކުރިއެވެ. ނަމަވެސް އެކަމުން ވެސް ނަފްސާނީ މައްސަލަތަކަށް ހައްލެއް ނުލިބުނު ކަމަށް މޭގަން ބުންޏެވެ.

ޝާހީ އާއިލާ އާއިއެކު ދިރިއުޅޭއިރު ބަންދެއްގައި ހުންނަން ޖެހޭކަމުގެ އިހްސާސް ކުރެވޭ ސަބަބުތައް ކޮންމެވެސް ވަރަކަށް ހާމަކޮށްދެމުން މޭގަން ބުނީ ހެރީ އާއި ކައިވެނި ކުރުމާއިއެކު ޕާސްޕޯޓާއި، ލައިސަންސާއި، ކްރެޑިޓް ކާޑުވެސް ޝާހީ އާއިލާ އާއި ހަވާލު ކުރަން ޖެހުނު ކަމަށެވެ.

މޭގަން ބުނީ އޭނާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންއިރު އެދަރިފުޅު އުފަންވާއިރު އޮންނާނެ ހަމުގެ ކުލައާއި ގުޅޭ ގޮތުން ވެސް ޝާހީ އާއިލާގެ ތެރޭގައި ވާހަކަދެކެވުނެވެ. އަދި އާޗީ އަށް ޕްރިންސެއްގެ ލަގަބު ނުދޭނެ ކަމަށާއި އޭނާ އަށް ސެކިއުރިޓީ ވެސް ނޯންނާނެ ކަމަށް ވާހަކަދެކެވުނު ކަމަށް މޭގަން ބުންޏެވެ. ނަމަވެސް އެވާހަކަތައް ދެއްކީ ޝާހީ އާއިލާގެ ކޮން ބޭފުޅެއް ކަމެއް މޭގަން އިންޓަވިއުގައި ހާމައެއް ނުކުރެއެވެ.

އިންޓަވިއުގައި މޭގަން ބުނީ ކައިވެންޏަށް ފަހު ޝާހީ އާއިލާ ދޫކޮށްލުމަށްފަހު ވަކި ދިރިއުޅުމެއް ފަށަން ކައިވެނީގެ ކުރިން އޭނާ އާއި ހެރީ މަޝްވަރާއެއް ނުކުރެއެވެ. އެމަޝްވަރާތައް ކުރަން ޖެހުނީ ޝާހީ އާއިލާގެ ތެރޭގައި ކަންކަން ވެގެން ދިޔަގޮތުން ކަމަށް މޭގަން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކަތިވަޅި

    މަރު ވީމަ ނިމުނީ ނުން ދެން

    7
    7
  2. ޑެސްޕޯ

    މަށަށް މީނަ ވަރަށް ފޭކް.. ކިހާ ދުވަހެއް ހިފަހައްޓާލެވެނެ ބައޭ ހިތަށް އަރާ

    17
    11
    • ޕުތުރީ

      މަށަށް ވެސް

      3
      2
  3. ޝިޔާމް

    ތި ދެމީހުންގެ ދުވަސްވެސް ދުއްވާލާނެ ކަމަށް ބެލެވޭ.

    19
    3
  4. Anonymous

    ބުހުތާން ދޮގުހަދާފަ ކޮންހާ ހާސަރެއްކިޔާކަށްތަ؟؟ ތިމެންނައަށް މިދުނިޔެއިން ނުލިބޭނެފަދަ މޮޅު މެރީޑް ލައިފެއް ލިބުނީމަ ތިމެންނައަށް ތިމާފެނި ކިބުރުވެރިކަން އިސްކުރީނޫންތަ؟؟ ރޯޔަލްފެމިލީ ތިއަންހެނާއަށް ތިހާނުބައިވާނެނަމަ ޕްރިންސް ހެރީ އާއި ކަޅުނަސްލުގެ ތިއަންހެނާއާއި ކައިވެނި ވިޔަވެސް ނުދޭނީނުންތަ؟؟؟

    12
    15
  5. Anonymous

    ޝާހީއާއިލާއިން ކުރިމަތިކުިޔޭ ބުނާ ދަތިތަކަކީ މީހަކު ނަފުސާނީ ބައްޔެއްޖެހި އަދި އަމިއްލައަށް މަރުވާން ވިސްނާވަރުގެ ކަންތަކއއްކަމަށް ނުބެލެވޭ، ތިޔައީ ޝާހީއާއިލާއާއި ގުޅުމުގެ ކުރީއްސުރެން ޖެހިފައިވާ ނަފުސާނީ ބައްޔެއްކަމަށް ބޮޑަށް ބެލެވެނީ، މަތީދަރަޖައިގެ ޕާޓީއާއިއެކު ޝާހީ ކައިވެންޏާއިއެކު ރާނީގެ ފަރާތުން ގަނޑުވަރުފަދަ އަގުހުރި ޕްރޮޕަޓީސްތައް ހަދިޔާކޮށް ގާނޫނީގޮތުން ދެވެންއޮތް ހުރިހާ އިނާޔަތެއް ދީފައިވާއިރުވެސް ބޭކާރު ބަހަނާތައް ދައްކާ މޮޔަބޮޑުވެގެން ގައުމު ދޫކޮށްދިޔައީ ކުރީއްސުރެން ނަފުސާނީ ބަލި ޖެހިފަ ހުރީމަތާ؟؟؟

    14
    14
  6. Anonymous

    މިހާރުވެސް ތިގޮތަށް ބޮޑާހާކާ ބަސްއިކަމުން އުޅެވެނީ އެޝާހީއާއިލާއިން ލިބިފައިވާ މޮޅެއްގެ ސަބަބުން، ނޫންނަމަ ތިއަންހެނާއަކީ ދުނިޔޭގައި ހުރި މީހެއްކަމެއްވެސް އިނގޭނެ ބަޔަކު ނުތިބޭނެ، މިހާރު އެޝާހީ އާއލާ މުޅި ދުނިޔެއަށް ބޭޒާރުކޮށް އިންޓަރވިއުދެމުން ތިޔަދަނީ ވަރަށް ފޭކް ގޮތްކުޑަ އަންހެނެއްވީމަ، ކަލޭ ލައިކްނުވާ އާއިލާއެއް ވިއްޔާ ތިޔަގޮތަށް ދުރުގަ އުޅެމުންވެސް އަނގަމަޑުންލައިގެން ހުރުން ތަންކޮޅެއް ރީތިގޮތެއް

    15
    12
  7. ހުސޭނުބޭ

    އަމިއްލަޔަށް މަރުވިޔަސް މަރަށް ޖެހޭނެ ތައްޔާރުވާން! އަމިއްލައަށް ކަށްވަޅު ކޮނުނީންތަ؟

    12
    2
  8. ރޭޝަލް އީގޯ

    އެއްކަލަ އިނގިރޭސީންގެ އަސްލު ހަގީގީ ސިފަ.

    9
    2
  9. ވައިޓްމޭންސް ބަރޑަން

    އެހެން ގައުމުތަކަށް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި، ހަމަހަމަކަން ކިޔައިދޭ މީހުންގެ ހަގީގަތް.

    8
    1