ބޮލީވުޑްގެ ފިލްމީތަރި ޝާހް ރުކް ހާންގެ އެކްޝަން ފިލްމް، ޕަތަންގެ ޝޫޓިން ދުބާއީގައި ވަރަށް ބާރަށް ކުރިޔަށް އެބަދެއެވެ. ޕަތަންގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯތައް މީސްމީޑިއާގައި މިހާރުވެސް ދައުރުވަމުން ދާއިރު މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އޭނާ ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ފިލްމް ޕަތަން އަކީ ސިދާތު އަނަންދް ޑައިރެކްޓު ކުރާ ފިލްމެކެވެ. މި ފިލްމުގައި ޝާހް ރުކް ހާންގެ އިތުރުން ދެން ފެނިގެންދާ ތަރީންނަކީ ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމްއެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް ކަމަށް ބެލެވެނީ 2022 ވަނަ އަހަރުގައެވެ.

https://twitter.com/I_AM_DEBESH/status/1354529902955909121?s=20

ޝާހް ރުކް ހާން އެންމެ ފަހުން މީޑިއާގެ ކުރިމަތިން ފެނިފައި ވަނީ ބޮލުގެ އިސްތަށިގަނޑު އާންމުކޮށް އޮންނަ ވަރަށް ވުރެ ދިގުކޮށްގެންނެވެ. އެއީ އޭނާ ކުޅޭ ފިލްމަށް ތައްޔާރުވުމަށް ކޮށްފައިވާ ކަމެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފިލްމު ޕަތަންގެ ޝޫޓިން ފުރަތަމަ ނަގާފައި ވަނީ އިންޑިއާގެ މުމްބާއީގައެވެ. އޭގެ ފަހުން މިހާރު ދުބާއިގައި ފިލްމުގެ ޝޫޓިންގެ ކަންކަން ކުރިޔަށް ދާއިރު މި ފިލްމަށްވެސް ޝާހް ރުކް ހާންހެ އެހެން ފިލްމުތަކަށް ވެސް ލިބުނު ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު