ޓްރެބްޒޮންގައި ގޭހުގެ އުނދަގޫ ވާތީ ޑޮކްޓަރަށް ދައްކަން ދިޔަ އުމުރުން 52 އަހަރުގެ ފިރިހެނެއްގެ ބަނޑުންް ޓިއުމަރެއް ނަަގައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި މީހާ ކަނޫނީ ޓްރެއިނިން އެންޑް ރީސާޗް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔައީ ގޭހުގެ އުނދަގޫވެ ބަނޑު ދުޅަވެފައި ހުރުމުންނެވެ. ޑޮކްޓަރަށް ދެއްކުމުން ކުރި ޓެސްޓުން އެނގުނީ ގޭހުގެ އުނދަގުލަށް ވުރެ މާ ނުރައްކާތެރި ކަމެކެވެ.

ޑޮކްޓަރު އިސްމެޓް ޒެލިކް ބުނެފައި ވަނީ ކާމިޔާބު އެ އޮޕަރޭޝަންގައި ބަލި މީހާގެ ހަށިގަނޑުން ނަގާފައި ވަނީ 21 ކިލޯގެ ޓިއުމަރެއް ކަމަށެވެ. އޮޕަރޭޝަނަށް ފަހު، އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ޑޮކްޓަރު ވަނީ ބުނެފައެވެ.

ބޮޑެތި ޓިއުމަރު އޮޕަރޭޝަންކޮށްގެން ނެގުމަކީ އެހާ އާންމު ކަމެއް ނޫނެވެ. މިހާތަނަށް އޯވަރީ އިން ނެގުނު އެންމެ ބޮޑު ޓިއުމަރެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އިންޑިއާގެ އަންހެނެއްގެ ބަނޑުން ނެގި 50 ކިލޯގެ ޓިއުމަރެކެވެ. މި އަންހެން މީހާ ޑޮކްޓަރަށް ދައްކާފައި ވަނީ ކުއްލިއަކަށް ބަރުދަން އިތުރުވާތީއެވެެ. މި އޮޕަރޭޝަން ކޮށްފައިވަނީ 30 އަހަރު ދުވަހު މެޑިކަލް ދާއިރާގައި މަސައްކަތް ކޮށްފައި ހުރި ޑޮކްޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު