އިންޑިއާގެ ޓަމިލްނާޑޫއަށް ނިސްބަތްވާ ޒުވާން އަންހެނަކު ކޮވިޑް-19 ވެކްސިނުގެ ނަމުގައި ދައްތައާއި މަންމަގެ ގަޔަށް ނިދާ އިންޖެކްޝަން ޖެހުމަށް ފަހު ގަހަނާތައް ފޭރިގަނެފިއެވެ. ގަހަނާތައް ފޭރުނު ކަމަށް ބެލެވެނީ 26 އަހަރުގެ މީހެކެވެ.

މި އަންހެން މީހާ އެނގިފައިވަނީ ވީ ސަތްޔަޕްރިޔާގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަތްރަޕްރިޔާ އަކީ ކީޒް ކުޑިކަޑު ވިލެޖުގައި ދިރިއުޅެމުންދާ އޮންލައިން މާކެޓިންގ އެޖެންސީއެއްގައި މަސައްކަތް ކުރަމުންދާ މީހެކެވެ.

ސަތްޔަޕްރިޔާ ލައްކަރު ވިލެޖުގައި ހުންނަ އޭނާގެ ދައްތަގެ ގެޔަށް ކުރި ޒިޔާރާތެއްގެ ތެރެއިން، ދައްތައަށާއި، ދައްތަގެ ފިރިމީހާ އަދި ދެ ދަރިންގެ ގަޔަށް ކޮވިޑް-19 ޖެހިޔަސް މައްސަލައެއް ނެތްތޯ އެހީކަމަށްވެއެވެ. ސަތްރަޕްރިޔާގެ ދައްތަ ރަސާތީ ވެކްސިން ޖަހަން ހުއްދަ ދިނުމުން ވެކްސިންގެ ނަމުގައި ނިދާ އިންޖެކްޝަން ޖެހީއެވެ. އިންޖެކްޝަނުގެ ސަބަބުން މި އާއިލާއަށް ވާނުވާ ނޭންގޭވަރު ވީކަމަށް ބެލެވެއެވެ.

ގަހަނާތައް މަދުކަން ފާހަގަ ވެގެންދިޔައީ އަނެއް ދުވަހުއެވެ. ފަށާއި އެހެންވެސް ގަހަނާތައް ނެތުމުން އެ މައްސަލަ ރަމާނާތަމް ފުލުސް އޮފީހަށް ހުށަހަޅާފައިވެއވެެ. ފުލުހުން ކުރި ތަހުގީގުގެ ތެރެއިން މި މައްސަލައިގައި އަންހެންމީހާ ހޯދާފައިވެއެވެ. ތަހުގީގު މަރުހަލާގެ ތެރެއިން މައްސަލައާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އަންހެން މީހާ ވަނީ ގަހަނާތައް ވަގަށް ނެގުމުގެ ބޭނުމުގައި ކޮވިޑް-19 ވެކްސިނުގެ ނަމުގައި ނިދާ އިންޖެކްޝަން ޖެހިކަމަށް އެއްބަސްވެފައެވެ. ގެއްލިފައިވާ ގަހަނާތައް ފުލުހުން ވަނީ އެ އާއިލާއަށް ހޯދައިދީފައެވެ. 26 އަހަރުގެ ސަތްޔަޕްރިޔާ ވަނީ އިންޑިއަން ޕެނަލް ކޯޑް (އައިޕީސީ) ގެ ދަށުން މައްސަލަ ފައިލްކުރެވިފައެވެ.

ކޮވިޑް-19 ވެކްސިން ދުނިޔޭގެ ގައުމުތަކުގައި ދޭން ފެށުމާއިއެކު ވެކްސިންގެ ފޭކް އުފެއްދުންތައް ވެސް ބައެއް ގައުމުތަކުގައި ދަނީ ބޮޑު އަގުގައި ވިއްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު