މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ވައިރަސް ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެތައް ކަމަކަށް ހުއްޓުމެއް ގެންނަން ޖެހުނު މި ވައިރަސްއަށް މި ދިޔަ ހަފުތާގެ ތެރޭގައި ބޮލީވުޑުގެ ގިނަ ފަންނާނުންނެއް މި ވަނީ ފައްސިވެފައެވެ.

އޭގެތެރޭގައި ހިމެނެނީ:

ތާރާ ސުތާރިއާ

ރިޕޯޓު ތަކުގައިވާ ގޮތުން ތާރާ ސުތާރާ ވަނީ ކޯވިޑު 19އަށް ފައްސިވެފައެވެ. ނަމަވެސް ތާރާގެ ފަރާތުން މި ޚަބަރު ޔަގީން ކޮށްދީފައެއް ނުވަތަ މިކަމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އަޝިޝް ވިދުޔާތީ

ބޮލީވުޑު ފިލުމުތަކުގައި ވިލަންގެ ރޯލުތަކުން ފެނިގެން ދިޔަ އަޝިޝް ވަނީ ކޯވިޑު 19އަށް ފައްސިވެފައެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާއާއި ދިމާވެފައިވާ މީހުން ކޯވިޑު ޓެސްޓު ހެދުމަށް ވެސް އެދިފައިވެއެވެ.

މަނޯޖު ބާޖުޕާއީ

ކަނޫ ބޭލްގެ ފިލުމު ''ޑިސްޕެޗް'' ގެ ޝޫޓިންގައި އުޅެނިކޮށް މަނޯޖު ވަނީ ކޯވިޑު 19އަށް ފައްސިވެފައެވެ. އެހެންކަމުން މި ފިލުމުގެ ޝޫޓިން ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. އަދި މަނޯޖު މިހާރު ހުރީ އޭނާގެ ގޭގައި ކަރަންޓީނުގައެވެ.

ސަންޖޭ ލީލާ ބަންސާލީ

ފިލުމުގެ ޝޫޓިންތައް ކުރިއަށް ގެންދިޔުމުގައި އަވަދިނެތި އުޅުމުގެ ތެރޭގައި ސަންޖޭ ލީލާ ވެސް ވަނީ ކޯވިޑު 19އަށް ފައްސިވެފައެވެ. ސަންޖޭ ލީލާ މިހާރު ހުރީ އޭނާގެ ގޭގައި އެކަހެރިވެގެން ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ސިދާތު ޗަތުރްވެދީ

ސިދާތުގެ އިންސްޓަގުރާމު އެކައުންޓުގެ ސްޓޯރީގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ކޯވިޑު 19އަށް ފައްސިވި ކަމަށާއި މިހާރު ހާލު ރަނގަޅު ކަމަށާއި އަދި ހުރީ ކަރަންޓީނުގައި ކަމަށެވެ.

ރަންބީރު ކަޕޫރު

ރަންބީރު ކަޕޫރު ކޯވިޑު 19އަށް ފައްސިވި ކަން އޭނާގެ މަންމަ ނީތޫ ކަޕޫރު ވަނީ ޔަގީން ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު