ޕާކިސްތާނުގައި ކުރިއަށް ދިޔަ ކައިވެނީގެ ހަލްފާއެއްގެ ތެރެއިން ގެސްޓުންނާ ދިމާލަށް ވެހުނީ ފައިސާގެ ނޫޓުތަކެވެ. އެއް އާއިލާއެއްގެ ހަތަރު ބެއިން މި ކައިވެނީގެ ހަފްލާއަށް އައި އިރު، އެ މީހުން ވަނީ ހެލިކަޕްޓަރެއް ކުއްޔަށް ނަގައި، އޭގެން ކައިވެނީގެ ހަފްލާ ތެރެެއަށް ފައިސާ އޮއްސާލައިފައެވެ.

ޕަންޖާބް ޑިސްޓްރިކްޓްގައި ކުރިއަށްގެންދިޔަ ރަނާ އާއިލާގެ އެންމެ ހަގު މެންބަރުގެ ކައިވެނީގެ ހަފްލާގެ ވާހަކަ ބޮޑެތި މީޑިއާތަކުންވެސް ދަނީ ދައްކަމުންނެވެ.

މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަނާ އާއިލާގެ ފިރިހެން މެންބަރުންނަކީ އިޓަލީގައި ދިރިއުޅެމުންދާ މީހުންނެވެ. އެ މީހުން އެތަނުގައި ކުރަމުން ދަނީ ވިޔަފާރިއެވެ.

ނަމަވެސް އެ މީހުންގެ އެންމެ ހަގު ކޮއްކޮ ރަނާ އިބްރާރް ހުސައިން ދިރިއުޅެމުން ދަނީ ޕާކިސްތާން ގައެވެ. އޭނާ ދަނީ އެ މީހުންގެ ގެއާއި ބިން ބަލަހައްޓަމުންނެވެ.

މިދިޔަ ހަފްތާގައި ރަނާ އާއިލާގެ ހުރިހާ މެންބަރުން އެ ޕާޓީއަށް އައެވެ.

އެއީ ވަރަށް ތާރީހީ ކައިވެންޏަކަށް ހެދުމަށް އެ މީހުން ވަނީ 1.8 މިލިއަން ޕާކިސްތާން ރުޕީސް ދީފައި ހެލިކަޕްޓަރެއް ކުއްޔަށް ނަގާފައެވެ. އަދި މަތިން ފިނިފެންމަލުގެ ފިޔަތައް ކައިވެނި ހަފްލާ ކުރިއަށް ގެންދިޔަ ސަރަހައްދަށް އުކާލިއިރު، ޑޮލަރާއި ޔޫރޯވެސް ވަނީ ފިރިހެން މީހާގެ ގެއިން ފެށިގެން ކައިވެނި އޮތް ހޯލާ ހަމައަށް އެ ހެލިކަޕްޓަރުން އުކައިފައެވެ.

މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޕާކިސްތާނުގެ ދެ މިލިއަން ރުޕީސް ވަނީ އެ ހަފްލާގެ ތެރެއަށް އުކައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަން ރިޒޯލްވްޑް

    ތިޔައްވުރެ ގިނަވީސް އިންޑޮނޭޝިއާ ރުޕިއާ އިންޖެހިނަމަ، ވަގުތު ހަމަ ހަބޭސް