ދެކުނު އެފްރިކާގައި ކޯމަސްތަކެއް ބަލަން ނިކުމެ އުޅުނު ބައެއްގެ ބޯޓެއް ކައިރިން ކުއްލިއަކަށް ބޮޑުމަހެއް ތިލަވުމުން މޫދަށް ވެއްޓުނު މީހަކު ބޮޑުމަހުގެ އަނގައިގެ ތެރެއަށް ނުގޮސް ކިރިޔާ ސަލާމަތް ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 51 އަހަރުގެ މާރިއޯ ގެބްރަވޭޒް އޭނާގެ 22 އަހަރުގެ އަންހެން ދަރިފުޅާއި އަދި އާއިލާގެ އިތުރު މެންބަރުންތަކަކާއި އެކު ބޯޓެއްގައި އަލްގޯއާ ބޭ ސަރަހައްދަށް ދިޔައީ އެސަރަހައްދަށް ތިލަވާ ކޯމަސްތައް ބެލުމަށެވެ. ގިނަ އަދަދެއްގެ ކޯމަސްތައް ބޯޓާއި ދާދިގާތުން ތިލަވެފައި ވަނިކޮށް ކުއްލިއަކަށް ފެނުނީ ބޯޓުގައި ޖެހިގެން ކުއްލިއަކަށް ބޮޑުމަހެއް މައްޗަށް އެރިތަނެވެ. އެވަގުތު ބޯޓުގައި ހުރި މާރިއޯ މޫދަށް ވެއްޓުނެވެ.

މާރިއޯ މޫދަށް ވެއްޓުމާއިއެކު އެތަނުގައި އޮތް ކުޑަ ލޯންޗަކުން މާރިއޯ ނެގިއެވެ. މާރިއޯ ބޯޓަށް ނެގިތާ އިރުކޮޅެއް ފަހުން އަނެއްކާވެސް ބޮޑުމަސް އެސަރަހައްދުން ފެން މައްޗަށް ފުއްމައިގަތެވެ. މާރިއޯ މޫދުން ނެގުން ލަސްވި ނަމަވެސް ދެވަނަ ފަހަރަށްް އޭނާ ބޮޑުމަހުގެ އަނގައިގެ ތެރެއަށް ދިއުމުގެ ފުރުސަތު އޮތެވެ.

https://www.youtube.com/watch?v=g4nEimVuhCY

ދެކުނު އެފްރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ވެސް މިފަދަ ގޮތަކަށް މޫދަށް ވެއްޓުނު މީހަކު ބޮޑުމަހުގެ އަނގައިގެ ތެރެއަށް ނުދިޔައީ ހަމަކިރިޔާއެވެ.

ދަތުރު އިންތިޒާމް ކުރި ކުންފުނިން ބުނީ މާރިއޯ މޫދަށް ވެއްޓުނީ ބޯޓުގައި ބޮޑުމަސް ޖެހުމުން ކަމަށާއި ބޮޑުމަސް ބޯޓުގެ މެދުގައި ޖެހުނު ނަމަވެސް އެތައް ބަޔަކު މޫދަށް ވެއްޓުން ނުވަތަ ބޯޓަށް ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު