އިޑާހޯގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ އާއިލާގެ ގޮތުން ގުޅިފައިވާ ތިން ކުއްޖަކު ގެއްލުނު މައްސަލަ ބަލަމުންނެވެ. މި ކުދިން ގެއްލިފައި ވަނީ އެއް ސަރަހައްދަކަށެވެ.

ދަ ޖެމް ކައުންޓީ ޝެރިފް އޮފީހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ތަހުގީގު ޓީމުން އުމުރުން 17 އަހަރުގެ ޓްރިސްޓަން ކޮނާ ސްކްސްޓަން އާއި އުމުރުން 14 އަހަރުގެ ޓޭއިލާ ސަމާ އާއި އުމުރުން އަށް އަހަރުގެ ޓެރީން ސަމާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ހާމަކޮށްފައެވެ. މި ކުދިން އެންމެ ފަހުން ފެނިފައި ވަނީ އެމެޓް އިންނެވެ.

ބެެލެވޭގޮތުން ޓަރީން އަމިއްލައަށް ފިލީ އެވެ. އޭނާ ގެއްލުނީ މިދިޔަ ހޯމަ ދުވަހު އެވެ.

އަދި މިހާރު އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ކަށަވަރު ކުރަމުން ދަނީ އެ ކުއްޖާއަށް އަނިޔާ ލިބިފައި ނުވާ ކަމެވެެ.

އަދި ޓްރިސްޓަން އާއި ޓޭލާ އަކީ އާއްމުކޮށްވެސް އާއިލާއިން ފިލައިގެންދާ ކުދިން ކަމަށާއި، އަދި އާއްމުކޮށް އެ ކުދިން އާއިލާއާ ގުޅުން އޮންނަ ކަމަށެެވެ.

"އަދި އެ ކުދިންނަކީ މިވަގުތު ނުރައްކާތެރި ހާލަތުގައި ތިބި ކުދިންނަށް ނުވެދާނެ". ފުލުހުންގެ އޮފީހުން ބުނެފައި ވެއެވެ.

ޓްރިސްޓަން އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެވެ. ޓޭލާ ފެނިފައި ވަނީ އޮކްޓޯބަރު 19 ވަަނަ ދުވަހު އެވެ

އެ ކުދިން އެންމެ ފަހުން ފެނިފައި ވަނީ އެމެޓްގެ އެއާޕޯޓް މަގު އަދި ހައިވޭ 52 އިންނެވެ.