ޅ.ނައިފަރަށް އުފަން މަރިޔަމް ޝިފާ ވެގެންދާނީ ފިލްމީ ދާއިރާ އިން އެންމެ ގިނަ ބަޔަކު ދަންނަ އެއް މޫނަށެވެ ޓިކްޓޮކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޝިފާ މުނިފޫހިފިލުވުމުގެ ދާއިރާ އިން އެންމެ ފުރަތަމަ ގިނަ ބަޔަކަށް އެނގުނީ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އުފެއްދުމެއްކަމަށްވާ ފިލްމު ދެވަންސޫރަ އިންނެވެ. އެހާހިސާބުން ފެށިގެން ފިލްމީ ހަޔާތުގައި ފަހަތަށް ބެލުމެއް ނެތި ޝިފާ ދަނީ ކުރިއަށެވެ.
އެގޮތުން ދެވަންސޫރައަށް ފަހު "ނިވައިރޯޅި"، "ފޯޓީ ޕްލަސް" އަދި ވެބް ސީރީޒް "ހާސާ" ގެ ރޯލަކުން ޝިފާ ފެނިގެން ދިޔަ އިރު މިއީ ފުރާވަރުގެ އުމުރުން ފެށިގެން އޭނާ އުޅެން ބޭނުންވި ދާއިރާއެވެ. ކާމިޔާބުކަމާއި އެކު ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ކުރިއަށް ދާއިރު ޝިފާގެ ފޭނުން ރާައްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ.
ޝިފާ އަށް ލިބުނު ބޮޑު ސަމާލުކަމާއި އެކު އޭނާ ހުރީ ހުސްހަށިބައިކޮށް ނުވަތަ ސިންގަލްކޮށްތޯ ބަލާލަން ބޭނުންވާ މީހުންވެސް މަދެއް ނޫނެވެ. އެ ސުވާލުގެ ޖަވާބު ޝިފާ ވަނީ އިއްޔެރޭ ވީޓީވީގެ ޝޯ "އައްފު އެންޑް ޖައްބުގައި" ވާހަކަދައްކަމުން އޭނާ ވަނީ ދީފައެވެ. އެ ޝޯގެ ހުށަހެޅުންތެރިން އޭނާ ހުސްހަށިބައިކޮށް ހުރިތޯ ސުވާލުކުރުމުން ލަދުރަކި ގޮތަކަށް އޭނާ ވަނީ އާއެކޭ ބުނެފައެވެ. އެހެންނަމަވެސް އެކަމާއި މެދު އިތުރަށް ޝިފާ ވާހަކައެއް ނުދައްކައެވެ.
އެހެންވީމަ ޝިފާ އަށް ލޯބި ހުށަހަޅަން ބޭނުންވާ މީހަކު ހުރި ނަމަ އަދި އެ ފުރުސަތު އެބައޮތެވެ.
ޝިފާ ވަނީ ރޭގެ ޕްރޮގްރާމްގައި ޓިކްޓޮކް ކުޅުމުން އޭނާ އަށް އަމާޒުވާ ފާޑުކިޔުންތަކަށް ވެސް ރައްދު ދީފައެވެ. އޭނާ ބުނީ އެންމެން ނުރުއްސޭނެކަން ގަބޫލުކުރާ ކަމަށެވެ.
އެހެންނަމަވެސް ކަމަކާއިގެން ކުރިއަށް ދެވޭނީ މީހުން ކިޔާއެއްޗަކަށް ނުބަލާ ކުރާހިތްވާ މަސައްކަތަކާއި އެކު ކުރިއަށް ގޮސްގެން ކަން ޝިފާ ފާހަގަކުރިއެވެ. އަދި ފިލްމީ ދާއިރާއިން ޝައުގުވެރިކަމާއި އެކު ކުރިއަށް ދާން ބޭނުން ނަމަ ފަސް ނުޖެހި ނުކުންނަން ވެސް އޭނާ ވަނީ އިރުޝާދުދީފައެވެ.
ހައު ޔޫ ޑޫއިން
ހުސްކޮށް ހުރީކީއްވެ ؟ ވަރިވީތަ ؟ ވަރިކުރީތަ ؟ !
ސަލްމާންޙާން ވެސް ހުސް އަދި ޗާންސް އެބަ އޮތްް!!
ކަމަނާ ބޭނުންވަނީ ﷲގެ ރުއްސެވުން ހޯދުމަށްވުރެ މީހުންގެ ރުހުންހޯދުންދޯ. އެހެންކަމުން ތިޔައީ ސީދާ ނަރަކައިގެ ދަރު.
ސިފާ މަމިހިރީ ހުސް ކޮއް.
މާ ގިނާން ފުއް ޖަހާތާ އެހާ އެއް ނޫން😒
ދެ އަންބަށް އިދެވިދާނެ ތޯ؟
އއަޅުގަނޑުގެ ދަރި އެއއ އްވެސް ހުންނާނެ.
އަޅުގަނޑު ބަލާނަން ރަގަޅަށް
އެކޮއި ބުނަން ވާހަކައެއް. ބަލާލަން ރީތި ހިތްކިޔާ ވަރައް ގިނަ އެއްޗިހި ބާޒާރުންވެސް ފެނޭ..އެކަމު އެގަނެގެން ބެލެހެއްޓުމައް ހޭދަވާ އެއްޗެެއްގެ ބޮޑުކަމާއި އަބަދު އެއަށް ބަލަން އިންނަންޖެހުނީމަ މަޤްސަދު ގެއްލި ވަރައްބޮޑު ބޭކާރަކައް ވަނީ. އެކޮއިވެސް ބާޒާރުކޮށް އުޅޭނަމަ މިކިޔާއެއްޗެއް އެނގޭނެ. ހެޔޮދުއާ ސަލާމް.
ހެދުން ލަ އިގެން އޮރިޔާމުން އުޅޭ މީހަކާ މަށަކުވާ ނު އިންނާނަން.. ތަންކޮޅެ އް އުޅުންވެރި އަޚްލާޤުގެ ހަރުދަނާ ދީންވެރި ޢިއއ އްފަތްތެރި ކަމުން ޝިފާ ލިބިގަންނަ ޝިފާ އެއ އް ނަމަ މަ އްސަލަ އެއއ އް ނެތް...
ކޮބާ ދަރިފުޅު..
މަންބަރު ލިބިދާނެތަ.....؟
ޗަކޮއި މީހަކު ނުވީތޭ